ދިވެހިރާއްޖެ
ވޭވަށު ސުކޫލް
ވޭވަށް، ދިވެހިރާއްޖެ
ވޭޖް އެންޕްލޯއީމަންޓަށް ޓީޗަރަކު ހޯދުމަށް
ނަންބަރ: GS-165/IUL/2022/02
ތާރީޚް: 17 މާރިޗް 2022
މަޤާމް |
ޓީޗަރ (ޕްރީސްކޫލް J-330546) |
|
|||
ބޭނުންވަ އަދަދު |
1 |
|
|||
މަޤާމުގެ ގިންތި: |
ވޭޖް އެންޕްލޯއީމަންޓް |
|
|||
މަޤާމުގެ ކުލެސިފިކޭޝަން: |
ސްކޫލް ޓީޗަރސް |
|
|||
ސެކްޝަން: |
އެކަޑެމިކް |
|
|||
މުއްދަތު: |
ވަޒީފާ ހަމަޖެހޭ ދުވަހުންފެށިގެން 19 އޮގަސްޓް 2022 ގެ ނިޔަލަށް |
|
|||
މަޤާމް އޮތް އޮފީސް: |
މ. ވޭވަށު ސުކޫލް |
|
|||
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މ. ވޭވަށު ސުކޫލް/ މ. ވޭވަށް |
|
|||
އުޖޫރަ: |
މުސާރަ ކަނޑައަޅާނީ ތިރީގައި މި ވާ ޓޭބަލްއާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. |
|
|||
ކޮލިފިކޭޝަން |
މަހެއްގެ މަޗަށް ދެވޭނެ އުޖޫރައިގެ މިންވަރު (6 ގަޑި އިރުގެ މަސައްކަތަށް) |
ދުވާލަކަށް ދެވޭނެ އުޖޫރައިގެ މިންވަރު (6 ގަޑި އިރުގެ މަސައްކަތަށް) |
1 ގަޑިއިރަށް ދެވޭނެ އުޖޫރައިގެ މިންވަރު |
||
އޯ ލެވެލް ކޮލިފިކޭޝަން |
ރ 7000/- |
ރ 318.18/- |
ރ 53.03/- |
||
އޭ ލެވެލް ކޮލިފިކޭޝަން |
ރ 7500/- |
ރ 340.90/- |
ރ 56.82/- |
||
އެޑްވާންސް ސެޓްފިކެޓް |
ރ 8590/- |
ރ 390.45/- |
ރ 65.08/- |
||
ޑިޕްލޮމާ |
ރ 9570/- |
ރ 435/- |
ރ 72.50/- |
||
ޑިގްރީ |
ރ 10،940/- |
ރ 497.27/- |
ރ 82.88/- |
||
މާސްޓަރސް ޑިގްރީ |
ރ 12.410/- |
ރ 564.09/- |
ރ 94.02/- |
||
ނޯޓް:
- ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގުރޭޑް 10 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
- ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގެ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ މަތީ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:
1- ޙަވާލުކުރެވިފައިވާ މާއްދާ ނުވަތަ މާއްދާތައް މުޤައްރަރުގައިވާ މިންވަރަށް ދަރިވަރުންނަށް އުގަންނައިދިނުން
2- ދަރިވަރުންގެ މަސައްކަތްތައް ރެގިއުލަރކޮށް ޗެކްކުރުމާއި ބިނާކުރަނިވި ފީޑްބެކް ދިނުން
3- ދަރިވަރުންނަށް ޙާސިލްވަމުންދާ މިންވަރު ޗެކްކުރުމާއި، ރިކޯޑްކުރުމާއި، އެމައޫލޫމާތުތައް ޙިއްސާކުރަންޖެހޭ ފަރާތްތަކާއި ޙިއްސާކުރުން
4- ކިޔަވައިދިނުމާއި ގުޅޭގޮތުން ސްޕަވައިޒަރާއި ޙަވާލުކުރަންޖެހޭ އެންމެހައިތަކެތި (ސްކީމްއޮފް ވަރކް، ލެސަންޕްލޭން، މާރކްސްޝީޓްފަދަ) ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ޙަވާލުކުރުން
5- އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާޢިދުތަކާއި ސްކޫލު ކުދިންގެ ގަވާޢިދުތަކާއި ސްކޫލުގެ ގަވާޢިދުތަކަށް ދަރިވަރުން އަހުލުވެރިކުރުމާއި ރީތި އާދަތައް ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތްކުރުން
6- ޙަވާލުކުރެވޭ ޓައިމްޓޭބަލްގައިވާ ގަޑިތަކަށާއި ރިލީފްގަޑިތަކަށް ގަޑިއަށް ހާޒިރުވެ ދަރިވަރުންނަށް ފައިދާހުރިގޮތަކަށް ފިލާވަޅު ކުރިއަށް ގެންދިއުން
7- ޙަވާލުކުރެވިފައިވާ މާއްދާ ކޯޑިނޭޓްކޮށް ބެލެހެއްޓުން
8- ދަރިވަރުންގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ލަސްނުކޮށް ކުރުން
9- ސިނކުޑީގެ ނުކުޅެދުންތެރިކަން ހުންނަކުދިންފިޔަވައި އެހެންހުރިހާ ކުދިންނަށް ލިޔަންކިޔަން ދަސްކޮށް ދިނުން
10- ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާއިގުޅޭގޮތުން ބެލެނިވެރިންނާއި (ރެގިއުލަރކޮށް) މަޢުލޫމާތު ޙިއްސާކުރުން
11- ފިލާވަޅުތަކާއިގުޅޭގޮތުން ކްލާސްރޫމުގައި ޑިސްޕްލޭކުރުން
12- ސްކޫލުން އިންތިޒާމުކުރާ ހުރިހާ ބައްދަލުވުންތަކަށް ގަޑިއަށް ޙާޒިރުވުން
13- ސްކޫލުން ކުރިއަށްގެންދާ ޚާއްސަމަސައްކަތްތަކުގައި ބައިވެރިވުމާއި ސްކޫލުގެ މަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
-14ސްކޫލުގެ ހުރިހާ ވަސީލަތްތައް (ލައިބްރަރީ، އިންޓަރނެޓް، ސްމާޓްބޯޑް ފަދަ) ދަރިވަރުންނަ އެންމެ ފައިއިދާހުރިގޮތަކަށް ބޭނުންކުރުން
15- ސްކޫލަކީ އެކުވެރި އެއްބައިވަންތަބައެއް އުޅޭ އުފާވެރި މާޙައުލަކަށް ހެދުމަށް މަސައްކަތްކުރުން
16- ސްކޫލުން ޙަވާލުކުރެވޭ ޒިންމާތަކާއިގުޅިގެން ޖަވާބުދާރީވުމާއި ޒިންމާދާރުވުން
17- ސްކޫލަކީ ސާފުތާހިރު ތަނެއްގެގޮތުގައި ދެމެހެއްޓުމަށް ދަރިވަރުން ލައްވާ މަސައްކަތްކުރުވުން
18- ކްލަބް ޖަމްޢިއްޔާތަކާއި، ޔުނިފޯމްޙަރަކާތް އަދި ދަރިވަރުންނަށް ހިންގޭ އެހެނިހެން ހުރިހާ ޙަރަކާތެއްގައި ފުރިހަމަޔަށް ބައިވެރިވެ އެއްބާރުލުންދީ އެހީތެރިވުން
19- ދަރިވަރުންނާއި، ބެލެނިވެރިންނާއި، ސްޓާފުން އަދި ސްކޫލުގެ ސިއްރުތައް ހިފެހެއްޓުން
20- ޕްރޮފެޝަނަލް ޑިވަލޮޕްމަންޓް ޕްރޮގްރާމްތަކުގައި ފުރިހަމަޔަށް ބައިވެރިވުން
ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން - ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން - އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 އިން ފެށިގެން މަތިން ޕޮއިންޓް ލިބިގެންނެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި،ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޯށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަން ނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާރު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ / ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން ( މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ. (ބ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ / ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރި ގޮތް އަންގައިދޭ ރެފެރެންސް ޗެކް ފޯމް. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 މާރިޗް 2022 ގެ 13:00ގެ ކުރިން، މ.ވޭވަށު ސުކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ޝޯޓްލިސްޓް ކުރުން |
މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިޙާން/ޕްރެކްޓިކަލް އޮންނާނީ 24 މާރިޗް 2022 އާއި 30 މާރިޗް 2022 އާއި ދެމެދު ވޭވަށު ސްކޫލް ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މ. ވޭވަށު ސުކޫލް ނަންބަރު 7952906 / 9707250 ފޯނަށް ގުޅުއްވުން އެދެމެވެ. އީ މެއިލް ކުރައްވާނީ [email protected] އަށެވެ.
14 ޝަޢުބާން 1443
17 މާރިޗް 2022