ދިވެހިރާއްޖެ
ތ. ހިރިލަންދޫގެ ބަނދަރުމަތީގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމުން ފެން ދޫކުރުމުގެ މަސައްކަތާއި، އެ ނިޒާމު މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް، މި ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.
މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 17 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 23 މާރިޗް 2022 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިކައުންސިލަށް ދުރުވެ ނުވަތަ [email protected] މެއިލްއަށް، ބިޑްރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށައަޅައިގެން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ރެޖިސްޓްރީވުމަށް އެދޭ ފޯމް މިއިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މިމަސައްކަތައް ބީލަން ހުށައެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓަރީވުމަށް ހުޅުވާލާ ފުރުޞަތުގައި ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް އެކަންޏެވެ. މި ބީލަމާއި ގުޅިގެން ބާއްވާ ޕްރީ-ބިޑް މީޓިންގ އާއި ބިޑްހުށައެޅުމަށް ބާއްވާ ބައްދަލުވުން ހަމަޖެހިފައިވާގޮތް ތިރިގައިވާ ތާވަލްގައި އެވަނީއެވެ.
|
ތަން |
ތާރީހް |
ދުވަސް |
ގަޑި |
ޕްރީ-ބިޑް މީޓިންގ |
ތ.ހިރިލަންދޫ ކައުންސިލް އިދާރާ |
23 މާރިޗް 2022 |
ބުދަ |
13:30 |
ބިޑް ހުށައެޅުން |
ތ.ހިރިލަންދޫ ކައުންސިލް އިދާރާ |
27 މާރިޗް 2022 |
އާދީއްތަ |
11:00 |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.