ޝަމްސުއްދީން ސްކޫލް
ދިވެހިރާއްޖެ
ޗާޕުމެޝިނެއް ވިއްކާނެ ފަރާތެއް ހޯދުން

މި ސްކޫލަށް ޗާޕުމެޝިނެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި ސްކޫލުގެ ނަންބަރު GS50/2014/08 އިޢްލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ އެއިޢުލާނު ބާޠިލުކޮށް، އެކަމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2014 ވަނަ އަހަރު ސެޕްޓެންބަރު 4 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އެމަހުގެ 8 ވާ ހޯމަދުވަހުގެ ހެނދުނު 10:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހަޅަންޖެހޭ ގަޑިއަށް އަންދާސީހިސާބު ހުށަހަޅަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

02 ޛުލްޤަޢިދާ 1435

28 އޮގަސްޓް 2014
ހޯދާ