ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ފުޓްސަލް މުބާރާތް 2022 ބޭއްވުމާބެހޭ

" ހުޅުދެލީ ކައުންސިލްގެ ފުޓްސަލް މުބާރާތް 2022" މި އަހަރުގެ ފިޠުރު ޢީދު ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ބޭއްވުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ފިޠުރު ޢީދު ދުވަސްކަމަށް ވާ  2022 މެއި 03 ވަނަ ދުވަހުއެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށް ފަހު 2022 އޭޕްރީލް 12 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވާ ފޯމާއި މުބާރާތުގެ ޤަވާއިދު ދޫކުރާނީ 2022 މާރޗް 27 ވަނަ ދުވަހުންފެށިގެންނެވެ.  ފޯމާއެކު މުބާރާތުގެ ޤަވާއިދު ދޫކުރެވޭނެ ވާހަކަ ދަންނަވަމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 ން މެންދުރުފަހު 12:00 އާ ދެމެދުއެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

16 މާރިޗު 2022
ހޯދާ