ޝަމްސުއްދީން ސްކޫލް
ދިވެހިރާއްޖެ
ލައިބްރަރީ ފޮތް ވިއްކާނެ ފަރާތެއް ހޯދުން

މި ސްކޫލުގެ ލައިބްރަރީއަށް ބޭނުންވާ ފޮތް ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި ސްކޫލުގެ ނަންބަރު GS50/2014/07 އިޢުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ އެއިޢުލާނު ބާޠިލުކޮށް، އެކަމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2014 ވަނަ އަހަރު ސެޕްޓެންބަރު 4 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އެމަހު 8 ވާ ހޯމަދުވަހު ހެނދުނު 10:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހަޅަންޖެހޭ ގަޑިއަށް އަންދާސީހިސާބު ހުށަނަހަޅުއްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

02 ޛުލްޤަޢިދާ 1435

28 އޮގަސްޓް 2014
ހޯދާ