ދިވެހިރާއްޖެ
ނަންބަރ: (IUL)241-B/241/2022/7
އިޢުލާން
މިއަތޮޅުގެ ރަށްރަށުގެ ލޭންޑްޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުން
މިއަތޮޅުގެ ރަށްރަށުގެ ލޭންޑްޔޫސް ޕްލޭން ހެދުމަށްޓަކައި ކުރެވުނު ނަންބަރ 241-A/PRIV/2022/31 އިޢުލާނާއި ގުޅިގެން ހުށަހެޅުނު ބިޑްތައް ހުށަހެޅި ތާރީޚުގެ ކުރިން އާންމުޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައްވާފައިވާތީ ކޮވިޑް 19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލުގެނެވި ބިޑްތައް އޮންލައިން ކޮށް ބަލައިނުގަންނަން ނިންމާފައިވާތީ އެ ބިޑްތައް ބާޠިލްކޮށް މިމަސައްކަތަށް އަލުން ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ މިއަތޮޅުގެ 6 ރަށެއްގެ ލޭންޑްޔޫސް ޕްލޭން ހަދާ ދެރަށެއްގެ ލޭންޑް ޔޫސް ޕްލޭން ރިވިއު ކޮށްދިނުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް 24 މާރޗް 2022 ގެ 14.00 ގެ ކުރިން މިއިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރެއްވުމަށްޓަކައި މިދަންނަވާ މައުލޫމާތު މިއިދާރާގެ އީ މެއިލް އެޑްރެހަށް ( [email protected] ) އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
ކުންފުނި ނުވަތަ އިންވެސްޓްމެންޓުގެ ރަޖިސްޓްރީގެ ކޮޕީ
ކުންފުނި ނުވަތަ އިންވެސްޓްމެންޓުގެ މެއިލް އެޑްރެސް:
މޮބައިލް ނަންބަރ:
1- ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މި މަސައްކަތާއި ބެހޭ މައުލޫމާތު ދެވޭނެއެވެ. މިމަސައްކަތާއި ބެހޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 28 މާރޗް 2022 ވަނަ ދުވަހުގެ 13.30 ގައެވެ.މިމަސައްކަތަށް ހުށަހަޅާ ބިޑްތައް ހުށަޅަންވާނީ 31 މާރޗް 2022 ވާ ބްރާސްފަތި ދުވަހުގެ 13.30 ގައި ގއ. އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. ބިޑްތައް އޮންލައިންކޮށް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
މިމަސައްކަތަށް ހުށަހެޅޭ ބިޑްތަކަށް މާރކްސް ދެވޭނީ ތިރީގައި މިދަންނަވާ ގޮތުގެމަތިންނެވެ.
ހުށަހަޅާ އަގަށް 60%
ލިބިފައިވާ ތަޖުރިބާ އާއި ފަންނީ ގާބިލްކަމަށް 25%
މުއްދަތަށް 15%
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.
13 ޝައުބާން 1443 ހ.
16 މާރޗް 2022 މ.