މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
ބައެއް އިކުއިޕްމެންޓްސް ގަންނަން

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު

MBC-PRC/111/08/2014

 

އިކުއިޕްމެންޓްސް ވިއްކާ ފަރާތުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު:

       މިކޯޕަރޭޝަންގެ އިންޖިނިއަރިންގ ޑިޕާރޓްމެންޓަށް ބޭނުންވާ ބައެއް އިކުއިޕްމެންޓްސް ގަންނަން ބޭނުންވެގެން ކުރެވުނު MBC-F/IU/2014/75 ނަންބަރު އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވުމުގެ ސަބަބުން އެއިޢުލާން ބާޠިލުކޮށް، އެފުރުޞަތު އަލުން ހުޅުވާލީމެވެ.

       ވީމާ، މި ތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ސެޕްޓެންބަރު 2014 ބުރާސްފަތި ދުވަހުގެ 1:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 09 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 1:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާއިރު މިކޯޕަރޭޝަނުން ދޭ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކޮށް ހުށަހަޅުއްވަން ވާނެއެވެ.

02   ޛުލްޤަޢިދާ    1435

28 އޮގަސްޓް 2014
ހޯދާ