މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
އައިޓީއާގުޅޭ ބައެއް ތަކެތި ގަންނަން

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

MBC-PRC/064/08/2014

 

އައިޓީއާގުޅޭ ބައެއްތަކެތި ވިއްކާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު:

މިކޯޕަރޭޝަނުގެ އައިޓީއަށް ބޭނުންވާ ބައެއް ތަކެތި ގަންނަން ބޭނުންވެގެން ކުރެވުނު MBC-F/IU/2014/89 ނަންބަރު އިޢުލާނާ ގުޅިގެން މަޢުލޫމާތު ދީފައިވާ 4 ލޮޓްގެ ތެރެއިން ލޮޓް ބީ ގައިވާ ތަކެއްޗަށް ހުށަހަޅުއްވާފައިވާ ޕްރޮޕޯޒަލްތަކުގައިވާ ޓެކްނިކަލް ސްޕެސިފިކޭޝަން ދިމާނުވުމުގެ ސަބަބުން ބާޠިލުކޮށް، އެލޮޓްގައިވާ ( ކޮމްޕިއުޓަރ ސިސްޓަމް ) ގަތުމަށް ފުރުޞަތު ހުޅުވާލަމެވެ.                                                   

ވީމާ، މި ތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ސެޕްޓެންބަރު 2014 ބުރާސްފަތި ދުވަހުގެ 1:30 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 09 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 1:30 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާއިރު މިކޯޕަރޭޝަނުން ދޭ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކޮށް ހުށަހަޅުއްވަން ވާނެއެވެ.

02 ޛުލްޤަޢިދާ 1435

28 އޮގަސްޓް 2014
ހޯދާ