ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޮޅިވަރަންފަރު ކައުންސިލް ޤުރުއާން މުބާރާތުގެ ފަނޑިޔާރުން ހޯދުން.

އިޢުލާން

                                                      ނަމްބަރު: (IUL)262/262/2022/25                  

 

ނޮޅިވަރަންފަރު ކައުންސިލް ޤުރުއާން މުބާރާތުގެ ފަނޑިޔާރުން ހޯދުން.

 

             ނޮޅިވަރަންފަރު ކައުންސިލުން އިންތިޒާމްކޮށްގެން "ނޮޅިވަރަންފަރު ކައުންސިލް ޤްރުއާން  މުބާރާތް" ގެ ނަމުގައި 23،22 އޭޕްރީލް 2022 ގައި ޤުރުއާން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަށް ފަނޑިޔާރުން ބޭނުންވާތީ، ފަނޑިޔާރުކަން ކޮށްދެއްވުމަށް ޝަޢުގެވެރިވެލައްވާ ފަރާތްތަކުން ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މުބާރާތް އޮންނަ ތާރީޚް:

22-23 އެޕްރީލް 2022

ބޭނުންވާ އަދަދު:

03 ( ތިނެއް)

އެލަވަންސް:

1200/-ރ ( ބާރަސަތޭކަ ރުފިޔާ) ދުވާލަކަށް ހަމަޖައްސައި ދެވޭނެއެވެ.

އިތުރު އިނާޔަތްތައް:

ދެކޮޅު ދަތުރު އަދި ހުރުމާއި ކެއުން ހަމަޖައްސައި ދެވޭނެއެވެ.

ޝަރުތު:

  1. ދަށްވެގެން ޤުރުއާން މުދައްރިސްކަމުގެ ފުރަތަމަ ޑިގްރީ ހާޞިލްކޮށްފައިވުން.
  2. މުބާރާތުގައި ކިޔަވާ އެއްވެސް ބައިވެރިއެއްގެ މައިންބަފައިން އަދި ގާތްތިމާގެ މީހެއް ( މަހްރަމް) ކަމުގައި ނުވުން.

ހުށައަޅަންޖެހޭ ލިޔުންތައް:

  1. ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ސިޓީ
  2. ފަނޑިޔާރުކަމަށް އެދޭ ފަރާތުގެ ވަނަވަރު
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ
  5. ޢިއުލާން ކުރެވިފައިވާ ދާއިރާއާއި ގުޅޭގޮތުން ލިބިފައިވާ މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮފީ

ފަނޑިޔާރުކަމަށް އެދެންވީގޮތް:

 

ފަނޑިޔާރުކަމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތަކާއިއެކު [email protected] އަށް މެއިލް ކުރެއްވުން އެދެން.

ސުންގަޑި:

31 މާރޗް 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6520050 ނަމްބަރު ފޯނާއިއެވެ.

15 މާރިޗު 2022
ހޯދާ