ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޮޅިވަރަންފަރު ކައުންސިލް ޤުރުއާން މުބާރާތް 1443

ނަންބަރު: (IUL)262/262/2022/26  

އިޢުލާން

 

ނޮޅިވަރަންފަރު ކައުންސިލް ޤުރުއާން މުބާރާތް 1443

 

            ނޮޅިވަރަންފަރު ކައުންސިލް ޤުރުއާން މުބާރާތް 2022 އެޕްރީލް 22 އަދި 23 ގައި ބޭއްވުމަށް ކައުންސިލުންވަނީ ނިންމާފައެވެ.

           ވީމާ، ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 31 މާރިޗު 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މުބާރާތުގެ ޤަވާޢިދު މިއިދާރާގެ ނޯޓިސްބޯޑުގައި ޢާއްމުކުރެވިފައި ހުންނާނެއެވެ. އަދި ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާޢިދު މިއިދާރާގެ ވެބްސައިޓް www.nolhivaranfaru.gov.mv ން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

               މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 މާރިޗު 2022
ހޯދާ