އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާގައި ބޭނުންކޮށްފައިވާ "ވޭން" ނީލަން ކިޔުމުގެ އަގަށް ބަދަލުގެނެސް އަލުން އިޢުލާންކުރުމާއިބެހޭ

އިޢުލާން

ނީލަންކިޔުމާއިބެހޭ

           މިއިދާރާއިން 22 ފެބުރުއަރީ 2022 ގައި ކުރި އިޢުލާނުގައިވާ އަގަށް ބަދަލުގެނެސް އަލުން އިޢުލާން ކުރަމެވެ.

            މި އިދާރާގައި ބޭނުން ކޮށްފައިވާ "ވޭން" ވެހިކަލް ސިޓީލާ ނީލަމުގައި ވިއްކާލުމަށްވަނީ ހަމަޖެހިފައެވެ. ނީލަން ފެށޭ އަގަކީ -/15,000ރ. (ފަނަރަ ހާސް ރުފިޔާ) އެވެ. ހުށަހަޅާ އަގަށް މަދުވެގެން އިތުރު ކުރެވޭނެ އެންމެ ކުޑައަގަކީ -/5،000ރ. (ފަސްހާސް ރުފިޔާ) އެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ 12:30 ގެ ކުރިން ވެހިކަލް ގަތުމަށް ބޭނުންވާ އަގުހުށަހަޅާނީ، (NL.04) ފޯމް ފުރިހަމަކޮށް ބަންދު ކޮށްފައިވާ ސިޓީއުރައެއްގައި މި އިދާރާގެ ކައުންޓަރަށް ނުވަތަ، މި އިދާރާގެ [email protected] މެއިލްއެޑްރެހަށް މެއިލްކޮށްގެންނެވެ. އަގުހުށަހަޅާ ފޯމް،މިއިދާރާގެ ކައުންޓަރުންނާއި ފޭސްބުކް ޕޭޖުން ލިބެންހުންނާނެއެވެ.

            ކޮންމެ ދުވަހަކު 12:30 އާއި ހަމައަށް ހުށަހަޅާ އެންމެ މަތީ އަގު އެ ދުވަހެއްގެ 14:00 ގައި މި އިދާރާގެ ނޯޓިސްބޯޑާއި ފޭސްބުކްޕޭޖްގައި ޢާންމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާ އަގު ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ.

            ވެހިކަލާއިބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް މި ކައުންސިލްގެ ނަންބަރު: 6680507 އަށް ގުޅުންއެދެމެވެ.

            ނީލަމުން ވެހިކަލް ލިބޭ ފަރާތުން މި އިދާރާއަށް ފައިސާ ދެއްކުމުން ވެހިކަލް އެފަރާތަކާއި ޙަވާލުކުރެވޭނެއެވެ. ނީލަން ނިމޭ ދުވަހުން ފެށިގެން ރަސްމީ 7 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ނީލަށް ބާޠިލްކުރެވޭނެއެވެ.

ވެހިކަލްގެ މަޢުލޫމާތު

  • ބާވަތް:              ވޭން
  • ރަޖިސްޓަރީ ނަންބަރު:     B1A4236
  • މޮޑެލް:              Toyota

            ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ. 

15 މާރިޗު 2022
ހޯދާ