ދިވެހިރާއްޖެ
މިއިދާރާގެ ނަމްބަރ (IUL)311/311/2022/12 (22 ފެބުރުއަރީ 2022) ގެ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ އެއިޢުލާނު ބާޠިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
1443 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު ހުކުރު މިސްކިތުގައި ޙިފުޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ގެނެއުމަށް ހަމަޖެހިފައިވާ ޙާފިޡު މިރަށުގައި ހުންނަވާ 01 މަސްދުވަހުގެ މުއްދަތަށް ހުރުމާއި، ކެއުމުގެ ކަންތައްތައް ހަމަޖައްސައިދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އެކަން ކޮށްދެއްވިދާނޭ އަގު 22 މާރޗް 2022 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މިއިދާރާއަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.