ދިވެހިރާއްޖެ
އިޢުލާން |
މި އޮތޯރިޓީގެ ނަންބަރު (IUL)220-AS/1/2022/18 (02 މާރިޗު 2022) ދެވަނަ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅައިފައި ނުވާތީ ދެންނެވުނު އިޢުލާނު ބާތިލުކޮށް، ތިރީގައި ބަޔާންކޮށްފައިވާ ޙިދުމަތް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
-Concept Development and Production of Two Video Advertisements
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑި |
22 މާރިޗު 2022 |
އަންގާރަ |
16:00 |
އަންދާސީހިސާބު ހުށަހެޅުން |
23 މާރިޗު 2022 |
ބުދަ |
15:00 |
- ބީލަމުގައި ރަޖިސްޓްރީ ވުމަށް ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
- އިޢުލާނު ނަންބަރު
- ބީލަން ހުށަހަޅާ ފަރާތުގެ މަޢުލޫމާތު (ކުންފުންޏެއްނަމަ ކުންފުނީގެ ނަމާއި ރަޖިސްޓްރޭޝަން ނަންބަރު، އަމިއްލަ ފަރުދެއްނަމަ ވިޔަފާރީގެ ނަމާއި ވެރިފަރާތުގެ ނަން އަދި އައިޑީ ކާޑު ނަންބަރު)
- ފޯނު ނަންބަރު
- މަތީގައި ބަޔާންކޮށްފައިވާ އީމެއިލް މި އޮތޯރިޓީއަށް ލިބުމުން، އެ އީމެއިލް މި އޮތޯރިޓީއަށް ލިބުނުކަން [email protected] މެދުވެރިކޮށް އަންގާނެ ވާހަކަ ދަންނަވަމެވެ. ރެޖިސްޓްރީ ކުރުމަށް އެދި ފޮނުއްވާ އީމެއިލް މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރުކުރުމަކީ ބީލަންވެރީންގެ ޒިންމާއެކެވެ.
- ބީލަން ތައްޔާރުކުރަންވާނީ މި އިޢުލާނާއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށެވެ.
- މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށް އެކަންޏެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީހިސާބާއި، ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 3020478 އަށް ގުޅުއްވުން އެދެމެވެ.