ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އިސްލާމިކް ކެޕިޓަލް މާރކެޓް އެވެއަރނަސް ވާރކްޝޮޕް - ސެޕްޓެމްބަރ 2014

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިއޮތޯރިޓީ ގުޅިގެން ސިލްސިލާކޮށް ކޮންމެ މަހަކު އެއްފަހަރު ކުރިއަށްގެންދާ "އިސްލާމިކް ކެޕިޓަލް މާރކެޓް އެވެއަރނަސް ވާރކްޝޮޕް" 14 ސެޕްޓެންބަރު 2014 (އާދީއްތަ) ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:30 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ވާރކްޝޮޕްތަކަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (MIB) އަދި އަމާނާތަކާފުލް މޯލްޑިވްސް (ATM) އިން ސްޕޮންސަރކޮށްގެން ކުރިއަށްގެންދާ ވާރކްޝޮޕްތަކެކެވެ. މި ވާރކްޝޮޕް ކުރިއަށް ގެންދާނީ ދިވެހިބަހުންނެވެ. އަދި މި ވާރކްޝޮޕްގައި ބައިވެރިވުމަށް ފީއެއް ނެގުމަށް ހަމަޖެހިފައެއް ނުވެއެވެ.

މި ވާރކްޝޮޕްގައި އަލިއަޅުވާލެވޭނެ މައިގަނޑު ބައިތަކަކީ އިސްލާމިކް ފައިނޭންސްގެ މައިގަނޑު އަސާސްތަކާއި، އިސްލާމިކް ފައިނޭންސާއި ކޮންވެންޝަނަލް ފައިނޭންސާ ހުރި ތަފާތުތަކަށެވެ. މީގެ އިތުރުން އިސްލާމިކް ބޭންކިންގ އާއި ތަކާފުލް އަދި އިސްލާމިކް ކެޕިޓަލް މާރކެޓް ޕްރޮޑަކްޓްތަކަށާއި، ރާއްޖޭގެ އިސްލާމިކް ފައިނޭންސްގެ ހާލަތަށާއި އަދި އިސްލާމިކް ފައިނޭންސް ރާއްޖޭގައި ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކަށްވެސް އަލިއަޅުވާލެވޭނެއެވެ.

މި ވާރކްޝޮޕްގައި މަޢުލޫމާތު ދެއްވާނީ މި އޮތޯރިޓީގެ އިސްލާމިކް ފައިނޭންސް އެޑްވައިޒަރ ޑރ. ޢާއިޝަތު މުނީޒާއެވެ.

ވީމާ، ވާރކްޝޮޕްގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 7 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިއޮތޯރިޓީއަށް އައި.ޑީ ކާޑުގެ ކޮޕީއާއި ކޮންޓެކްޓް ނަންބަރާއެކު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮތޯރިޓީގެ ނަންބަރު 3014104/3336619 ފޯނަށް ގުޅުއްވުން އެދެމެވެ.

30 ޝައްވާލު 1435   

26 އޮގަސްޓް 2014
ހޯދާ