ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ގުދަނެއް ކުއްޔަށް ހިފުން

ސިވިލް ސަރވިސް ކޮމިޝަނުގެ ފައިލްތަކާއި އެހެނިހެން ބައެއް ތަކެތި ރައްކާކުރުމަށް ގުދަނެއް ކުއްޔަށް ހިފުން

ސިވިލް ސަރވިސް ކޮމިޝަނުގެ ފައިލްތަކާއި އެހެނިހެން ބައެއް ތަކެތި ރައްކާކުރުމަށް ގުދަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 10 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރީން ތިރީގައި ދެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާ (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

(މިއީ މިކޮމިޝަނުގެ ނަންބަރު FM/IUL/2014/39-ފ188 (7 އޮގަސްޓު 2014) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އަންދާސީހިސާބު ހުށަހެޅުމަށް އަލުން ހުޅުވާލެވޭ ފުރުޞަތެކެވެ.)

ގުދަން ކުއްޔަށް ހިފުމުގައި ބަލާނެ މައިގަނޑު އުސޫލުތައް

  • ގުދަން ހެދިފައިވާ ފެންވަރު
  • ގުދަނުގެ ބޮޑުމިން މަދުވެގެން 500 އަކަފޫޓަށް ވުރެ ބޮޑުވާން ވާނެއެވެ.
  • މި އޮފީސް ހިނގަމުން އަންނަ އިމާރާތް (ހ. ވެލާނާގެ) އާ ހުރި ދުރުމިން
  • ގުދަން ހުރި ލޮކޭޝަން
  • ވަދެނިކުމެ އުޅުމާއި ޕާކްކުރުމުގައި ހުރި ފަސޭހަތައް
  • ކަރަންޓް ހުރުން

ހުށަހަޅަންޖެހޭ މައުލޫމާތު

  • ގުދަނުގެ ބޮޑުމިން އެނގޭނެ ކުރެހުމަކާއި، ތަނުގެ ބޮޑުމިން އަކަފޫޓުން ހުށަހެޅުން
  • ޢިމާރާތުގެ ރަޖިސްޓަރީގެ ކޮޕީ ހުށަހެޅުން
  • ގުދަން ހުރި ސަރަހައްދު ބަޔާންކުރުން
  • ގުދަނުގެ ކުލި ބަޔާންކުރުން (އަކަފޫޓަކަށްޖެހޭ މިންވަރު އަދި ޖުމުލަ އަގު ހިމެނޭގޮތަށް)، އަގު ހުށަހަޅާނީ މަހު ކުލީގެ ގޮތުގައެވެ.
  • ގުދަން ކުއްޔަށް ދޭ މުއްދަތު.
  • ބިޑް ހުށަހަޅުއްވާއިރު ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރިގުޅުން އެނގޭނެ ލިޔުމަކާއި އައި.ޑީ ކާޑުގެ ކޮޕީއާއެކު ހުށަހެޅުން

ގުދަން ހިފުމުގައި ޕޮއިންޓް ދޭނެގޮތް

  • ހުށަހަޅާފައިވާ އަގަށް 60 ޕޮއިންޓް.
  • ގުދަން ކުއްޔަށް ދޭ މުއްދަތަށް 10 ޕޮއިންޓް
  • ލޮކޭޝަން ނުވަތަ ގުދަން ހުރި ސަރަހައްދަށް 10 ޕޮއިންޓް
  • ގުދަން ހެދިފައިވާ ފެންވަރަށް 20 ޕޮއިންޓް

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:

  • ފޯން: 3307314/3303647
  • ފެކްސް: 3303648
  • އީމެއިލް: [email protected]
  • ވެބް ސައިޓް: www.csc.gov.mv

 

27 އޮގަސްޓް 2014
ހޯދާ