ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުވަދު އަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލް އިދާރާގެ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު

މި އިޢުލާންވަނީ 04 އޭޕްރިލް 2022 12:21 ގައި ބާތިލް ކުރެވިފައެވެ.


ހުވަދު އަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްއިދާރާގެ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު

ހުވަދު އަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލް އިދާރާގެ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ހުށަހެޅޭ ލޯގޯތަކުގެ ތެރެއިން މިކައުންސިލުން އެންމެ ރަނގަޅު ލޯގޯއެއްގެގޮތުގައި ކަނޑައަޅާ ލޯގޯއަކަށް އިނާމެއްގެ ގޮތުގައި 5000ރ (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

 

ވީމާ، މިކަމަށް ޝައުޤުއުވެރިވެލައްވާ ފަރާތްތަކުން 2022 މާރޗް 23ވަނަ ދުވަހުގެ 13:00 ގެ ކުރިން ލޯގޯގެ ޑިޒައިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ލޯގޯ ހުށަހަޅުއްވާނަމަ މިކައުންސިލްގެ  [email protected]އަށް މެއިލް ކުރެއްވުން އެދެމެވެ.

 

 

 

ލޯގޯ ފަރުމާކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް.

 

  1. ފަރުމާކުރެވޭ ލޯގޯ އިން ރަތަފަންދޫގެ އާދަކާދައާއި ޡަގާފަތާއި ރަށުގެ ތާރީޚާއި ރަށަށް ޚާއްސަ ބައެއް ކަންކަން ރަމްޒުކޮށްދޭން ވާނެއެވެ.
  2. ލޯގޯ ފަރުމާކުރުމުގައި ބޭނުން ކުރަންވާނީ ރަށާއި ގުޅުންހުރި، ރަށް ނުވަތަ ރަށުގެ ޚާއްސަކަމެއް ރަމްޒުކޮށްދޭ ކުލަތަކެވެ. އަދި ލޯގޯގައި ބޭނުންކުރާ ހުރިހާ ކުލައެއްގެ ކުލަ ކޯޑުތައްވެސް ހުށަހަޅަންވާނެއެވެ.
  3. ފަރުމާކުރެވޭ ލޯގޯއަކީ އިތުރު އެހެން ފަރާތަކުން ބޭނުންކުރާ ލޯގޯއެއް ކަމުގައި ވެގެންނުވާނެއެވެ.
  4. ފަރުމާކުރާ ލޯގޯއަކީ ދިވެހި ރާއްޖޭގެ ސިޔާސީ ޕާރޓީ ތަކުން ޕާރޓީއެއް ރަމްޒުކޮށްދޭ ނުވަތަ ސިޔާސީ ވަކި ޙަރަކާތެއް ރަމްޒުކޮށްދޭ ލޯގޯއަކަށް ވެގެންނުވާނެއެވެ.
  5. ފަރުމާކުރާ ލޯގޯ ގެ ބައިތަކުން ރަމްޒުކޮށްދޭ ކަންކަން ވަކިން ބަޔާންކޮށް ކުރެހުމާއިއެކު ހުށަހަޅަންވާނެއެވެ.
  6. މިއިޢުލާނާއިއެކު ހިމަނާފައިވާ މަޢުލޫމާތު ޝީޓުގައި ވާގޮތަށް ލޯގޯ ފަރުމާކޮށް ޑިޒައިން ހުށަހެޅުއްވުން އެދެމެވެ.

 

 

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި ކައުންސިލް އިދާރާގެ ފޯންނަންބަރު 6840016 އަށް ނުވަތަ 7888505 /9984888 އަށް ގުޅުއްވުން އެދެމެވެ.

 

 

 

             12 ޝައުބާން 1443

 

              15  މާރިޗް 2022

 

 

 

15 މާރިޗު 2022
ހޯދާ