މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
މިނިސްޓްރީން ކުރަމުން ގެންދިޔަ ބައެއް މަސައްކަތް ސަރުކާރުގެ އެހެން ވުޒާރާތަކަށް ބަދަލުކުރުން

މި މިނިސްޓްރީން ކުރަމުން ގެންދިޔަ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގައި ވަޒީފާ ދިނުމާއި ވަޒީފާ އަދާކުރުމާ ބެހޭގޮތުން ސަރުކާރުން ކުރަންޖެހޭ މަސައްކަތްތައް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 132 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން ވަނީ 2014 ޖޫން 24 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އެހެން ވުޒާރާއަކަށް ބަދަލުކުރައްވާފައެވެ.

މިގެންނެވި ބަދަލުގެ ދަށުން، 30 ޖޫން 2009 ވަނަ ދުވަހާ ހަމައަށް މި މިނިސްޓްރީގައި ވަޒީފާދޭ ފަރާތްތަކުން ބަހައްޓާފައިވާ ޑިޕޮޒިޓް ފައިސާ ދޫކުރުމުގެ މަސައްކަތް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ދަށަށް 2014 އޮގަސްޓު 17 ވަނަ ދުވަހުން ފެށިގެން ބަދަލުކުރައްވާފައިވާކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

ވީމާ، ޑިޕޮޒިޓް ފައިސާ ދޫކުރުމުގެ މަސައްކަތް އެ ޑިޕާޓްމަންޓަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދެވުމަށް ދެންނެވީމެވެ.

01 ޛުލްޤަޢިދާ 1435

27 އޮގަސްޓް 2014
ހޯދާ