މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީއަށް އެކައުންޓްސް އެންޑް ޕްރޮކިއުމެންޓް އޮފިސަރގެ މަޤާމަށް މީހަކު ބޭނުންވެއްޖެ

 

            ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީގެ ތިރީގައި މިދަންނަވާ މަޤާމަށް ޤާބިލް އަދި ޝައުޤުވެރިވާ މީހަކު ބޭނުންވެއްޖެއެވެ.

 

މަޤާމު: އެކައުންޓްސް އެންޑް ޕްރޮކިއުމެންޓް އޮފިސަރ

     ބޭނުންވާ ޢަދަދު: 01 (އެކެއް)

      މުސާރަ: -/6000 ރުފިޔާ

   ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީ / ކަސްޓަމްސް ބިލްޑިންގ / މާލެ

 

އިތުރު އިނާޔަތްތައް:

  •  ޙާޟިރީ އެލަވަންސް: މަސައްކަތަށް ޙާސިރުވާ ކޮންމެ ދުވަހަކަށް -/80 ރުފިޔާ
  •  ކޮއްތު ފައިސާ: މަސައްކަތަށް ޙާސިރުވާ ކޮންމެ ދުވަހަކަށް -/80 ރުފިޔާ
  •  އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ގާނޫނާއި ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ބަންދު ފައިސާއާއި އެހެނިހެން އިނާޔަތްތައް ލިބޭނެއެވެ.

 

   މަޤާމުގެ ޝަރުތު:

  • ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން މަދުވެގެން 2 މާއްދާއިން "ސީ" ފާސް ލިބިފައިވުން؛
  • އެކައުންޓިންގ އެންޑް ފައިނޭންސް އާގުޅޭ ދާއިރާއަކުން ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީފާހެއް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ކުއިކްބުކްސް ފަދަ އެކައުންޓިންގ ސޮފްޓްވެއަރ ބޭނުންކުރުމުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަގާމުގެ މަސްއޫލިއްޔަތު:

  • ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީގެ އެކައުންޓްސް އެންޑް ޕްރޮކިއުމެންޓްގެ ކަންކަން ހިންގާ ބެލެހެއްޓުން؛

 

 

 

2/…

-2-

 

 

 

  • ސޮސައިޓީގެ ފަރާތުން ސަރުކާރުގެ އިދާރާތަކަށް ފައިނޭންޝިއަލް ރިޕޯޓްތަކާއި އަހަރީ ހިސާބުތައް، ސޮސައިޓީގެ ހަޒާންދާރު ގެ ބެލުމުގެ ދަށުން ތައްޔާރުކުރުމާއި، ކަނޑައެޅިފައިވާ ސުންގަޑީގެކުރީން އެތަކެތި ހުށަހެޅުމަށް ކުރަންޖެހޭ އެންމެހާ ކަންކަންކުރުން؛
  • ސޮސައިޓީގެ ފަރާތުން ދޭ ޚިދުމަތްތަކާއި ހިންގާ ހަރާކާތްތަކުގެ ލިޔެކިއުންތައް ބެލެހެއްޓުމާއި، ކުރެވޭ ޚަރަދުތަކާއި އަދި ލިބޭ ފައިސާގެ ރިޕޯޓްތައް ތައްޔާރުކޮށް ސޮސައިޓީގެ ހަޒާންދާރަށް ފޮނުވުން؛
  • ސޮސައިޓީއިން ޚިދުމަތްހޯދާ ފަރާތްތަކަށް ކޯޓޭޝަން ތައްޔާރުކޮށް ފޮނުވުމާއި އިންވޮއިސް އިޝޫކުރުމަށް ކުރަންޖެހޭ ކަންކަންކުރުން؛ އަދި އިންވޮއިސްތަކަށް ފައިސާ ލިބޭކަން ކަށަވަރުކުރުން؛
  • ސޮސައިޓީއިން ހޯދާ ޚިދުމަތްތަކަށް ޕީއޯ އިޝޫކުރުމަށް ކުރަންޖެހޭ ކަންކަންކުރުން؛
  • ޕެޓީ-ކޭޝް ޚަރަދުކުރެވޭ ގޮތުގެ ތަފްސީލްތައް ކުއިކްބުކްސް ސިސްޓަމް މެދުވެރިކޮށް ބެލެހެއްޓުން؛
  • ސޮސައިޓީއަށް ހޯދޭ ހަރުމުދަލުގެ އިންވެންޓްރީ ބެލެހެއްޓުމާއި ސްޓޮކް ބެލެހެއްޓުން؛

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ؛
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކެޝަން އޮތޯރިޓީން ފެންވަރު ނުވަތަ ލެވެލް ކަނޑައަޅައި، ތައްގަޑު ޖަހާފައިވާ ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުޅީމީ ސެޓްފިކެޓްތަކާއި ޓްރާންސްކޮރިޕްޓް (އަޞްލާ އެއްގޮތްކަން ބަޔާންކޮށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލަކު ތައްގަނޑުޖަހާފައިވާ އަޞްލު)؛
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ސީވީ ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް؛
  • މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

 

އެހެނިހެން ކަންކަން:

     

މި މަޤާމަށް ހޮވޭނީ މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާދެމެދު މީހުންނެވެ. މި އިޢުލާނުގެ ބޭނުމަށް ޢުމުރުފުރާ ބަލާނީ 2022 ޖަނަވަރީ 1 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސުންގަޑި:

 

މިވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން 2021 މާރިޗު 21 ވަނަދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއާއި ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތަކާއެކު [email protected]   އަށް އީމެއިލް ކުރެއްވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7788809 އަދި 9997566  އަށެވެ.

                                                         

15 މާރިޗު 2022
ހޯދާ