މުންޑޫ ސްކޫލް، ލ. މުންޑޫ
ދިވެހިރާއްޖެ
ލ.މުންޑޫ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން

 

   ތާރީޚް: 15 މާރިޗު 2022                                   ނަންބަރު:GS-188/IL/2022/03

އިޢުލާން

 

މުންޑޫ ސުކޫލް


ލ.މުންޑޫ

 

ލ.މުންޑޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. 2022ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތައް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 މާރޗް 16  އިން 2022 މާރޗް 22 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.

3. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން  2022 މާރޗް 23 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ސުކޫލުގައި އޮންނާނެއެވެ.

 4. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 މާރޗް 27 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 5. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 6. ނަންނޯޓް ކުރުމާއި އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މުންޑޫ ސްކޫލް

ލ. މުންޑޫ

ފޯން: 6800741

އީ-މެއިލް: [email protected]

 

 

15 މާރިޗު 2022

15 މާރިޗު 2022
ހޯދާ