މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
8 ވަނަ ފަންގިފިލާގައި ކެފެޓީރިޔާއެއް ހަދައި ހިންގުމަށް ކުއްޔަށް ދިނުމަށް

މިއޮފީހުގެ 8 ވަނަ ފަންގިފިލާގައި ކެފެޓީރިޔާއެއް ހަދައި ހިންގުމަށް ކުއްޔަށް ދިނުމަށް ބޭނުންވެގެން ދެވަނަ ފަހަރަށް ކުރި ނަންބަރު IUL)14-A3/1/2014/88) އިޢުލާނަށް މަޢުލޫމާތު ސާފުކުރަން އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 03 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 11:30 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 11:30 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

30 ޝައްވާލު 1435

26 އޮގަސްޓް 2014
ހޯދާ