ގުޅީ ސްކޫލް
ދިވެހިރާއްޖެ
ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް 2022-2023 ވަނަ އަހަރުގެ ދިރާސީ އަހަރުން ފެށިގެން ކުރިޔަށްއޮތް 03 އަހަރުގެ ނިޔަލަށް (2024-2025 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ނިޔަލަށް) ފަހައި ދަރިވަރުންނަން ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 މާރިޗް 20 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ބިޑް ރެޖިސްޓްރޭޝަން ލިންކް (https://gulhischool.myoffice.mv/forms/id/15) މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2022 މާރިޗް 23 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

މިބީލަމާ ބެހޭގޮތުން ތައްޔާރުކުރެވިފައިވާ މައުލޫމާތު ފޯމް، މަތީގައި ދެންނެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 މާރިޗް 24 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކ. ގުޅީ ސްކޫލް އޮފީހުގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކ. ގުޅީ ސްކޫލް

ހިޔަލީމަގު، ކ. ގުޅި، ދިވެހިރާއްޖެ.

ފޯން: 6642512، ވައިބަރ: 7965902

އީ-މެއިލް: [email protected]

އެހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 މާރިޗު 2022
ހޯދާ