ދިވެހިރާއްޖެ
ނޫސް ބަޔާން
2022 ފެބުރުވަރީ މަހު ރައްޔިތުންނާއި ބައްދަލުކޮށް ހުށަހަޅުއްވާފައިވާ ކައުންސިލްތައް
ޤާނޫނު ނަމްބަރ: 2010/7 (ދިވެހިރާއްޖޭގެ އިދާރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު)ގެ 107 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބުރުވަރީ މަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންޖެހެއެވެ.
ދިވެހިރާއްޖޭގެ އިދާރާތައް ލާމަރުކަޒީއުސޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް 2022 ވަނައަހަރު ފެބުރުވަރީ މަހު ރައްޔިތުންނަށް އާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ބާއްވާ، މިކައުންސިލަށް އެމަޢުލޫމާތު ޙިއްސާކޮށްފައިވާ މިއިދާރީ ދާއިރާގެ 11 ރަށު ކައުންސިލްގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.
1- ބުރުނީ ކައުންސިލްގެ އިދާރާ
2- ވިލުފުށީ ކައުންސިލްގެ އިދާރާ
3- މަޑިފުށީ ކައުންސިލްގެ އިދާރާ
4- ދިޔަމިގިލީ ކައުންސިލްގެ އިދާރާ
5- ގުރައިދޫ ކައުންސިލްގެ އިދާރާ
6- ވަންދޫ ކައުންސިލްގެ އިދާރާ
7- ހިރިލަންދޫ ކައުންސިލްގެ އިދާރާ
8- ގާދިއްފުށީ ކައުންސިލްގެ އިދާރާ
9- ތިމަރަފުށީ ކައުންސިލްގެ އިދާރާ
10- ކިނބިދޫ ކައުންސިލްގެ އިދާރާ
11- އޮމަދޫ ކައުންސިލްގެ އިދާރާ
ދެންނެވުނު ކައުންސިލްތަކުން އެ ކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ، ކައުންސިލްތަކުގެ މަސައްކަތް ފާހަގަކޮށް، އަތޮޅުކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.
14 މާރިޗް 2022