ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ހިރިލަންދޫ ކައުންސިލް އިދާރާގެ ގުދަން އަދި ސްޓޮކްރޫމް އިމާރާތްކުރުން

ތ. ހިރިލަންދޫގެ ކައުންސިލް އިދާރާގެ ގުދަނާއި ސްޓޮކްރޫމް އިމާރާތް ކުރަން ބޭނުންވެއްޖެއެވެ. މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށައެޅުމަށް އާންމުކޮށް ފުރުސަތު ހުޅުވާލަމެވެ.  

މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން  14 މާރިޗް 2022 ވާ ހޯމަ ދުވަހުން ފެށިގެން 21 މާރިޗް 2022 ވާ ހޯމަ ދުވަހުގެ 11:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިކައުންސިލަށް ދުރުވެ ނުވަތަ [email protected] މެއިލްއަށް، ބިޑްރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށައަޅައިގެން ރަޖިސްޓްރީކުރައްވައި، ބީލަން ކަރުދާސް ބައްލަވައިގަތުން އެދެމެވެ. ބީލަން ކަރުދާހުގެ އަގަކީ -/50ރ އެވެ. ރެޖިސްޓްރީވުމަށް އެދޭ ފޯމް މިއިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މިމަސައްކަތައް ބީލަން ހުށައެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓްރީވެ، ބީލަން ކަރުދާސް ބައްލަވައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. މިއިދާރާގެ ނަންބަރ (IUL)389/389/2021/37  އިޢުލާނާއި ގުޅިގެން ބިޑް ފޮތް ބައްލަވައިގެންފައިވާ ފަރާތްތަކުން އަލުން ބިޑް ފޮތް ބައްލަވައިގަންނަވަން ފައިސާދައްކާކަށް ޖެހިވަޑައި ނުގަންނަވާނެއެވެ. މި ބީލަމާއި ގުޅިގެން ބާއްވާ ޕްރީ-ބިޑް މީޓިންގ އާއި ބިޑްހުށައެޅުމަށް ބާއްވާ ބައްދަލުވުން ހަމަޖެހިފައިވާގޮތް ތިރިގައިވާ ތާވަލްގައި އެވަނީއެވެ.

 

ތަން

ތާރީހް

ދުވަސް

ގަޑި

ޕްރީ-ބިޑް މީޓިންގ

ތ.ހިރިލަންދޫ ކައުންސިލް އިދާރާ

21 މާރިޗް 2022

ހޯމަ

13:30

ބިޑް ހުށައެޅުން

ތ.ހިރިލަންދޫ ކައުންސިލް އިދާރާ

24 މާރިޗް 2022

ބުރާސްފަތި

11:00

         

 ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

14 މާރިޗު 2022
ހޯދާ