ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

މުވައްޒަފަކު ބޭނުންވެއްޖެ

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ކޮމްޕިއުޓަރ ޓެކްނީޝަން

އެމް.އެސް 1

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

-/5610 ރ

-/2000 ރ

މަޤާމު އޮތް އޮފީހުގެ ނަން: ތުޅާދޫސްކޫލް، ބ. ތުޅާދޫ                      

ވަޒީފާ އަދާކުރަންޖެހޭ ތަން: ތުޅާދޫ ސްކޫލް        

ބޭނުންވާ އަދަދު: 01    

ސެކްޝަން: އެޑްމިން ސެކްޝަން

ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

މުސާރައާއި އިނާޔަތްތައް:

ކަނޑައެޅިފައިވާ މުސާރައާއި އެލަވަންސްގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާގެ މަސްއޫލިއްޔަތު

- ސްކޫލުގެ ސަރވަރ ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް.

- ސްކޫލުގެ ކޮމްޕިއުޓަރ އަދި ޕްރިންޓަރތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމާއި އަދި އެނޫންވެސް އައި.ޓީ އާ ގުޅޭ ހާރޑްވެއަރތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް.

- ސްކޫލުގެ އައި.ޓީ ނެޓްވޯރކް ބެލެހެއްޓުމާއި ނެޓްވޯރކް މެއިންޓަނެންސް ބެލެހެއްޓުމުގެ މަސައްކަތް.

- ސްކޫލުގައި ބޭނުންކުރާ ޚާއްޞަ ސޮފްޓްވެއަރ އަށް މައްސަލައެއް ދިމާވެއްޖެނަމަ، ކަމާއި ގުޅުންހުރި ފަރާތްތަކާ ގުޅިގެން އެކަން ހައްލުކުރުމަށް މަސައްކަތް ކުރުން.

- ސްކޫލުގެ ފަރާތުން ފޮނުވަންޖެހޭ ކޯޕަރޭޓް އެސް.އެމް.އެސް ތައް ޕްރިންސިޕަލްގެ ބެލުމުގެ ދަށުން ފޮނުވުމުގެ މަސައްކަތް.

- އޮފީހުގެ ޕީ.އޭ.ބީ.އެކްސް ސިސްޓަމް ބެލެހެއްޓުމާއި މުވައްޒަފުންނަށް މިޚިދުމަތް ފޯރުވައިދިނުމުގެ މަސައްކަތް.

- ސްކޫލުގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކުގެ ސައުންޑް ކަންތައްތައް ބެލެހެއްޓުމުގެ މަސައްކަތް.

- ސްކޫލުގައި ބާއްވާ އެކި އެކި މުހިއްމު އިވެންޓްތަކުގެ ފޮޓޯނެގުން އަދި އެފޮޓޯތައް ބެލެހެއްޓުމުގެ މަސައްކަތް.

- އަދި މިނޫނަސް ސްކޫލަށްދިމާވާ މުހިއްމު ކަންކަމުގައި އެއްބާރުލުން ދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތު ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން

އިންޓަވިއުކުރުން:

  • މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަށް އިންޓަވިއު ކުރުން ސެޕްޓެންބަރު 3 އިން 4 އާ ދެމެދު ތުޅާދޫސްކޫލުގައި ނުވަތަ ސްކޫލުން ހަމަޖައްސާ ތަނެއްގައި އޮންނާނެއެވެ. އަދި އިންޓަވިއު އަށް ވަޑައިގަންނަވާއިރު ތަޢުލީމީ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ.
  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި ޝޯޓްލިސްޓު ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ސިވިލް ސަރވިސް ކޮމިޝަންގެ ސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ފޯމު ސްކޫލްގެ އޮފީހުން ވެސް ލިބެންހުންނާނެއެވެ. )

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)

- ސަރުކާރުގެ ވަޒީފާގައި ހުރި ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތް ކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ މި ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް

- ވަޒީފާއެއް އަދާކުރައްވާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ލިޔުމެއް.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ނަންބަރާއެކު )

އިތުރު މަޢޫލޫމާތު ހޯއްދެވުމަށް:

ފޯން: 6600136        ފެކްސް: 6601012        އީމެއިލް: [email protected]

ސުންގަޑި:

ޝަރުޠު ހަމަވާ ފަރާތްތަކުން މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ތުޅާދޫ ސްކޫލަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 02 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 15:00 އެވެ.

24 އޮގަސްޓް 2014
ހޯދާ