ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ރަތަފަންދޫ ލޭންޑް ޔޫސް ޕްލޭން ރިވިއު ކުރުމާގުޅޭ

         ގދ.ރަތަފަންދޫ ލޭންޑް ޔޫސް ޕްލޭން ރިވިއު ކުރުމާގުޅޭ

 

     މި އިދާރާއިން ކުރެވުނު ނަމްބަރ(25/2021/420/AS-420(IUL ނޮވެމްބަރ 2021 އިޢުލާނާއި ގުޅިގެންޕޮއިންޓް ދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނައުމަށް ބޭނުންވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެމަސައްކަތަށް ފުރުސަތު ހުޅުވާލަމެވެ.

މި ބިޑްގައި ބައިވެރިވާން އެދޭފަރާތްތަކުން21 މާރިޗް 2022 ވާ ހޯމަ ދުވަހުގެ 13:00 މި ކައުންސިލަށް ދުރުވެ ނުވަތަ މި ޢިޢުލާނާއި އެކު  ހިމެނިފައިވާ ގޫގުލް ފޯމް ލިންކުން ރަޖިސްޓްރީވުމަށް ދަންނަވަމެވެ. މި މަސައްކަތުގައި ބައިވެރިވެވޭނީ ހަމައެކަނީ ބިޑްހުށަހެޅުމަށް ރަޖިސްޓްރީކުރި ފަރާތްތަކުންނެވެ.

 

ރަޖިސްޓްރޭޝަން ލިންކު:

 https://docs.google.com/forms/d/e/1FAIpQLSd2j1fcypcgSK7G6yp8lTd_QRb5gwPdm2FL_puATxv2Z2HNzg/viewform

 

ވީމާ، މި މަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 24 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށެހެޅުއްވުން އެދެމެވެ.

 

          އަންދާސީ ހިސާބާއި ގުޅޭ އިތުރު މައުލޫމާތު ކައުންސިލްގެ އީމެއިލް [email protected] ނާއި ގެޒެޓްގައި މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާކަންވެސް މިފުރުސަތުގައި ދަންނަވަމެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު: 2014/18 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ގާނޫނު (ގާނޫނު ނަންބަރު:2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށެހެޅުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށެހެޅުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

        މިހެންވެ، މިކަން ޢާއްމުކުށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

14 މާރިޗް 2022

14 މާރިޗު 2022
ހޯދާ