ދިވެހިރާއްޖެ
މިއިދާރާގެ މިދަންނަވާ މަޤާމަށް 06 މަސް ދުވަހުގެ މުއްދަތަށް ކޮންޓެކްޓް އުސޫލުން ވަގުތީ ގޮތުން މުވައްޒަފެއް ބޭނުންވެއްޖެއެވެ. މި އިދާރާގެ އެޑްމިން އޮފިސަރ މަސައްކަތު ނިކުންނެވުމުން، ވަގުތީ ވަޒީފާގައި ހުރި މުވައްޒަފު ވަޒީފާއިން ވަކިކުރެވޭނެއެވެ.
ވަޒީފާގެ ފުރުޞަތު |
|
މަޤާމު: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމުގެ ކުލެސިފިކޭސަން: |
އެޑްމިން އޮފިސަރ ގްރޭޑް 1 (ރޭންކް: ޖީ.އެސް.3) |
މުސާރަ: |
-/4465 ރުފިޔާ |
ސަރވިސް އެލަވަންސް: |
-/1500 ރުފިޔާ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަސައްކަތް ކުރަންޖެހޭ ތަނާއި ޔުނިޓް: |
ފ.ދަރަނބޫދޫ ކައުންސިލް އިދާރާ / (ކޯޕަރޭޓް އެފެއާޒް ޔުނިޓް) |
ތަޢުލީމާއި ތަޖުރިބާ: |
|
މަޤާމުގެ މަސްއޫލިއްޔަތު: |
މައިގަނޑު މަސައްކަތް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް: |
01. ތަޢުލީމާއި ތަމްރީނު. 02. މަސައްކަތުގެ ތަޖުރިބާ. 03. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް. |
އިންޓަވިއު އަދި ޢަމަލީ މަސައްކަތް އޮންނާނެ ތަނާއި މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2014 ސެޕްޓެންބަރު 03 އިން 04 އާ ދެމެދު ފ.ދަރަނބޫދޫ ކައުންސިލްގެ އިދާރާގައެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
2014 ސެޕްޓެންބަރު 02 ވަނަ ދުވަހުގެ 14.30 ގެ ކުރިން ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ފ.ދަރަނބޫދޫ ކައުންސިލް އިދާރާއަށް. |
އުޖޫރައާއި އިނާޔަތްތައް: |
01. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސް ފަރުވާގެ ޚިދުމަތް. 02. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންސަން ފައިސާ. 03. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ އަދި ދަތުރު އެލަވަންސް. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ފޯމު ފ.ދަރަނބޫދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.) 2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) 4. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނޭ، އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިއުން. 5. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތް ކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ ފ.ދަރަނބޫދޫ ކައުންސިލް އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ އެ ވަޒީފާއަށް ބަދަލު ވުމާމެދު އިޢުތިރާޟެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިއުން. 6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު. 7. ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތަކުގެ ތާރީޚާއި ތަފްޞީލު އެނގޭނޭ ލިޔުން. (ހުށަހެޅި ފަރާތުގެ ސޮއިކޮށްފައިވާ) |
އެހެނިހެން ކަންތައްތައް |
* މި މަޤާމަށް ކުރިމަތިލާ މީހުންނަކީ ޢުމުރުން 55 އަހަރުވެފައިވާ މީހުންކަމުގައި ވެގެންނުވާނެއެވެ. * ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް އަދި ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަނެވޭނެއެވެ. |
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުން ފުޅުވާނަމަ މި އިދާރާގެ ނަންބަރު: 6740015 ފޯނަށް ގުޅުއްވުން އެދެމެވެ. ފެކްސް ނަންބަރަކީ 6740597 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.
28 ޝައްވާލު 1435