ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
ނަންބަރު:P4C/A/2022/1 |
|
ތާރީޚް:13 މާރިޗު 2022 |
||
މަޤާމު |
ހައުސް ކީޕަރ |
ރޭންކް: އެސް.އެސް 1 |
ޢަދަދު |
1 (އެކެއް) |
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1 |
މަސައްކަތްކުރަންޖެހޭ ތަން |
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫމެޖިސްޓްރޭޓް ކޯޓު |
|
އަސާސީ މުސާރަ |
-/3100(ތިންހާސް އެއްސަތޭކަ ރުފިޔާ) |
|
މިމަޤާމަށް ލިބޭ އެލަވަންސް |
- ޖުޑީޝަލް އެލަވަންސް: -/775 (އަސާސީ މުސާރައިގެ%25) - ސަރވިސް އެލަވަންސް:-/1000(އެއްހާސް ރުފިޔާ) - ލިވިންގ އެލަވަންސް:-/2,550(ދެހާސްފައްސަތޭކަފަންސާސްރުފިޔާ) - ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ - ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ |
|
އަސާސީ ޝަރުޠު
|
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން. ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލިޔުން ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ ލިޔަންކިޔަން އެނގޭތޯ ބެލުމަށް ގއ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ޓެސްޓު ކުރެވިގެންނެވެ.
|
|
އެހެނިހެން ޝަރުތު |
(ހ) 6. ވަޒިފާއަދާކުރަންޖެހޭ ކޯޓުގެ މެޖިސްޓްރޭޓުން ނުވަތަ ކޯޓުގެ ނުވަތަ އިދާރާގެ އިސްވެރިޔާއާ ނުވަތަ އިސްވެރިންނާ، ވަޒީފާއަށް ހޮވޭމީހާއާ ނަސަބުގެ ގޮތުން ނުވަތަ މުޞާހަރާގެ ގޮތުން (މަންމައާ، ބައްޕައާ، ކާފައާ، މާމައާ، ދަރިއަކާ، އަންބަކާ، ފިރިއަކާ، ބޮޑުބޭބެއަކާ، ބޮޑުދައިތައަކާ، ޅިޔަންފަހަރިންނާ، ބަފާބެއާ، މައިދައިތައާ، އެއްބަނޑު އެއްބަފާ މީހަކާ، އެއްބަނޑު މީހަކާ، ނުވަތަ އެއްބަފާ މީހަކާ ނުވަތަ މިއިން މީހެއްގެ ދަރިއަކާ) ގުޅުން ހުރި މީހަކަށް ނުވުން. (ހ) 7. ވަޒީފާއަށް ހޮވޭ މީހަކީ، ވަޒީފާ އަދާކުރަންޖެހޭ ކޯޓުގެ ނުވަތަ އިދާރާގެ މުވައްޒަފެއްގެ މަންމައަށް، ބައްޕައަށް، ދަރިއަކަށް، އަންބަކަށް، ފިރިއަކަށް، އެއްބަނޑު އެއްބަފާ މީހަކަށް، އެއްބަނޑު މީހަކަށް ނުވަތަ އެއްބަފާ މީހަކަށް ނުވުން. |
|
މަޤާމުގެ މަސްއޫލިއްޔަތުތައް |
1- ކޯޓުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ރަސްމީ ލިޔެކިޔުންތައް ކޯޓުން ހަމަޖައްސަވާ ގޮތެއްގެމަތިން އެފަރާތްތަކަށް ރައްދުކުރުން. 2- ކޯޓު ޢިމާރާތުގެ އެތެރެ ކުނިކަހާ ފޮޅައި މޮޕްލައި ސާފްކުރުމުގެ މަސައްކަތްކުރުން 3-ކޯޓު ގެ ގޯތިތެރެއާއި ކޯޓް ހިމެނޭ ސަރަހައްދުގެ މަގުމަތީގައިވާ ވިނަ ނޮޅާ ކުނިކަހާ ސާފުކުރުން. 4- ކޯޓުގެގޯތިތެރޭގައިހައްދާފައިހުންނަގަސްތައްކޮށައިސާފުކޮށްބެލެހެއްޓުމާއި،ގަސްތަކަށްފެންދީހެދުން. 5- ހަމަޖެހިފައިވާ އުޞޫލުގެ މަތިން ޝަރީޢަތުގެ މަޖުލީހާއި އިދާރީ މުވައްޒަފުން މަސައްކަތްކުރާ ބައިގެ ފަރުނީޗަރުތަކާއި މެޝިނަރީޒްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުން. 6- ކުޑަދޮރުތަކުގެ ބިއްލޫރިތަކާއި އަލަމާރި، ހަރުގަނޑުފަދަ ތަކެއްޗާއި ފަންކާތައް ހަމަޖެހިފައިވާ އުޞޫލުގެ މަތިން ސާފުކޮށް ބެލެހެއްޓުން. 7- ކޮންމެ ދުވަހަކު ފާޚާނަ ދޮވެ ސާފުތާހިރުކޮށް ބެލެހެއްޓުން. 8- ކޯޓަށް ގަންނަންޖެހޭ ތަކެއްތި ގަނެދިނުމުގެ މަސައްކަތް ކުރުން. 9- މީގެ އިތުރުންވެސް ކޯޓުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައި ނެތްނަމަވެސް ކޯޓަށް މުވައްޒަފުގެ އެހީތެރިކަން ބޭނުންވެގެން، ކޯޓުގެ މަސްޢޫލިއްޔަތުތައް ތަންފީޒު ކުރުމަށްޓަކައި ކޯޓުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް ކުރުން |
|
ހުށަހަޅަންޖެހޭ ތަކެތި |
|
|
ސުންގަޑި |
މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2022 މާރިޗު 22ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ގއ.ނިލަންދޫ މެޖިސްޓުރޭޓް ކޯޓަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. |
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް |
ކޮމްޕިޓަންސީ ދާއިރާތަކަށް މާކްސް ބެހިފައިވާ ގޮތް: ލިބިފައިވާ ތައުލީމް: 25 އިންސައްތަ މަސައްކަތުގެ ތަޖުރިބާ: 20 އިންސައްތަ އިންޓަވިއު: 55 އިންސައްތަ |
|
އިތުރު މަޢުލޫމާތު |
|
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް |
|