މަޤާމް:
|
ރިސަރޗް އޮފިސަރ (ވަގުތީ)
|
ބޭނުންވާ ޢަދަދު:
|
01
|
ބޭނުންވާ މުއްދަތު:
|
ވަޒީފާއަށް ހޮވޭ ތާރީޚުން ފެށިގެން 27 އޭޕްރީލް 2022ގެ ނިޔަލަށް (މަސައްކަތް ހުރިގޮތަށް ބަލާ މުއްދަތު އިތުރުކުރެވޭ ގޮތަށް)
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސީނިއަރ އޮފިސަރ ގްރޭޑް 2
|
މަޤާމުގެ ރޭންކް:
|
އެމް.އެސް 2
|
މަޤާމުގެ ގިންތި:
|
ވަގުތީ
|
ވަޒިފާއަދާ ކުރަންޖެހޭ ތަން:
|
ޓްރޭނިންގ އެންޑް އެޑްވޮކަސީ ސެކްޝަން- ލޯކަލް ގަވަރމަންޓް އޮތޯރިޓީ/ މާލެ
|
އަސާސީ މުސާރަ:
|
6,295.00ރ
|
ސަރވިސް އެލަވަންސް:
|
2,000.00 ރ
|
އެހެނިހެން އެލަވަންސް:
|
އެކްސްކްލޫސިވް ޖޮބް އެލަވަންސް:
|
އަސާސީ މުސާރައިގެ %35 (ތިރީސް ފަސް އިންސައްތަ)
|
ލިވިންގ އެލަވަންސް:
|
3,000.00ރ
|
ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
މަޤާމުގެ އަސާސީ ޝަރުތު:
|
1) މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުން.
ނުވަތަ
2) މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުމާއެކު މަގާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
3) މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުމާއެކު މަގާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
އެހެނިހެން މަޢުލޫމާތު:
|
މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭ މަސައްކަތުގެ ދާއިރާތައް:
- މެނޭޖްމެންޓް
- އެޑްމިނިސްޓްރޭޝަން
- ޕްލޭނިންގ
- ތަފާސްހިސާބު ގެންގުޅުމާއި ރިސަރޗްކުރުމުގެ ދާއިރާ
ތަޢުލީމީ ރޮނގުތައް:
- ޕްލޭނިންގ
- ސްޓެޓިސްޓިކްސް
- ގަވަރނެންސް
- ސޯޝަލް ސައިންސް
- ޕޮލިޓިކަލް ސައިންސް
- އެޕްލައިޑް ސައިންސް
- މެނޭޖްމެންޓް
- އެޑްމިނިސްޓްރޭޝަން
- މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ އެންމެ މަތީ ސަނަދަކީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކްގެ (އެމް.އެން.ކިއު.އެފް) ލެވެލް 8 ގެ ސަނަދެވެ. އަދި ލެވެލް 9 ން ފެށިގެން މަތީ ސަނަދުތައް މި މަޤާމަށް އޯވަރކޮލިފައިޑް ކަމަށް ބެލެވޭނެއެވެ.
- މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ އެންމެ މަތީ ސަނަދު އޮތްކަމުގައި ވީނަމަވެސް މި މަޤާމުގެ އަސާސީ ޝަރުތެއް ފުރިހަމަ ނުވާނަމަ މަޤާމަށް ޑިސްކޮލިފައި ކުރެވޭނެއެވެ.
- މަޤާމުގެ ދާއިރާތަކާއި އެމީހެއްގެ ތައުލީމީ ސެޓްފިކެޓްތައް ގުޅޭތޯ ބެލުމުގައި ސެޓްފިކެޓްގެ ނަމާއި މަޤާމުގެ މަސައްކަތާއި ގުޅޭކަން ސާފުކޮށް ކަނޑައަޅަން ދަތިވާ ހާލަތުގައި، ކޯހުގެ ނަމަށް ބެލުމުގެ ބަދަލުގައި ބަލާނީ އެމީހަކު ކޯހުގައި ފުރިހަމަ ކުރި މޮޑިއުލްތަކުގެ ގޮތުގައި ޓްރާންސްކްރިޕްޓުގައި ބަޔާންކޮށްފައިވާ މޮޑިއުލްތަކަށެވެ. މިގޮތުން ކޯހުގައި ކިޔަވާފައިވާ މޮޑިއުލްތަކުގެ 30 އިންސައްތަ މޮޑިއުލްއަކީ މަދުވެގެން މަޤާމުގެ މަސައްކަތާ ގުޅޭ މޮޑިއުލްތަކަކަށް ވާންވާނެއެވެ. މަޤާމުގެ މަސައްކަތާއި ގުޅޭ މޮޑުއުލްތަކުގެ އަދަދު 30 އިންސައްތައަށްވުރެ މަދުވާނަމަ އެ ކޯހަކީ މަޤާމާއި ގުޅޭ ސެޓްފިކެޓެއް ކަމަށް ނުބެލޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކައުންސިލްތަކުގައި ފަންނީ ޤާބިލްކަން ހުރި މިންވަރު ބެލުމަށް ދިރާސާތަކަށް ކުރުމާ އެކަމށް ރިޢާޔަތްކޮށް ކައުންސިލްތަކަށް ދޭންޖެހޭ ތަމްރީންތައް އެކުލަވާލުމާއި އެމްކިއުއޭ އަށް ހުށަހަޅައިގެން ޓްރޭނިންގތައް އެކްރެޑިޓް ކުރުމަށް އެހީތެރިވުން.
- ލޯކަލް ގަވަރނަންސް ނިޒާމު ކުރިއެރުވުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި މިނިޒާމް ހަރުދަނާކުރުމަށް އެލް.ޖީ.އޭ އިން ކުރަންޖެހޭ މަސައްކަތްތައް ފާހަގަކުރުން.
- ކައުންސިލްތަކުގެ މަސްއޫލިއްޔާތާއި ވާޖިބު އަދާކުރުމަށް ހުރަސްއެޅޭ ސަބަބުތައް ދެނެގަތުމަށްޓަކައި ކަންއޮތްގޮތް ދިރާސާކުރުން.ކައުންސިލްތަކުގެ އާމްދަނީއާއި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށް ފުޅާކުރުމަށްޓަކައި ބޭނުންވާ ކަންތައްތައް ދިރާސާކުރުން.
- ކައުންސިލްތައް މޮނިޓަރަކޮށް އެކުލަވާލާ މޮނިޓަރިންގ ރިޕޯޓްތައް ދިރާސާކޮށް ޓްރޭނިންގ ދޭންޖެހޭ ފާހަގަކޮށް އެފަދަ ތަންތަނަށް ޓްރޭނިންގ ދިނުމަށް އެހީތެރިވުން
- އެލް.ޖީ.އޭގެ ފަރާތުން ކައުންސިލްތަކަށް އަމާޒުކޮށްގެން ހިންގާ އެކިއެކި ތަމްރީން ޕްރޮގްރާމްތަކާއި ވޯކްޝޮޕްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި، ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- އޮތޯރިޓީން ރާވާ ޓްރޭނިންގތަކަށް ބޭނުންވާ ޓްރޭނިންގ މެޓީރިއަލްސް ތައްޔާރުކުމަށް ބޭނުންވާ މައުލޫމާތުތައް ހޯދައި މެޓީރިއަލްސް ތައްޔާރުކުރުމަށް އެހީތެރިވުން.
- ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި ޢާއްމުން ހޭލުންތެރި ކުރުވުމަށް ތައްޔާރުކުރެވޭ ލީފްލެޓާއި / ފޮތްފަދަ ތަކެތި ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދައި ތައްޔާރުކުރުން.
- ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި ޢާއްމުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުގައި އެހީތެރިވުން.
- ސެކްޝަނުން ހިންގާ ތަމްރީން ޕްރޮގްރާމްތަކާއި ވޯކްޝޮޕް އަދި ސެމިނަރ ފަދަ ހަރަކާތް ތަކުގެ ރެކޯޑްތައް ބެލެހެއްޓުމާއި އެހެނިހެން ތަމްރީންތަކުގެ ރެކޯޑް ބެލެހެއްޓުން.
- ކައުންސިލްތަކުންނާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެދިގެން ހިންގާ ތަފާތު ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެ ރެކޯޑް ބެލެހެއްޓުން.
- ޝެކްޝަނުން ކުރިއަށްގެންދާ ޓްރޭނިންގ/ ވޯކްޝޮޕް އަދި ސެމިނަރ ތަކުގެ ލޮޖިސްޓިކް ކަންކަން އެހެނިހެން ސެކްޝަންތަކާއި ގުޅިގެން ކުރިޔަށް ގެންދިއުން.
- ޙަވާލުކުރެވޭ މަސައްކަތްތަކާއި ގުޅޭ ޑާޓާ ބޭސް އެކުލަވާލައި ބެލެހެއްޓުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި، އެސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓް ކޮޕީ
- ލިބިފައިވާ ކުރު މުއްދަތު ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
- ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ
ނޯޓް:
- ރާއްޖޭގައި ހިންގާ ތައުލީމުދޭ މަރުކަޒަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ކޯހެއް ފުރިހަމަކޮށްފައިވާނަމަ ސެޓްފިކެޓްގެ ކޮޕީގައި އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގެ ކޯހެއްނަމަ މޯލްޑިވްސް ކޮލޮފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު ނުވަތަ އެކޯހެއް ޤަބޫލުކުރާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ހުށަހަޅާއިރު އަސްލާ އެއްގޮތްކަން އެނގޭނެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ޝޯޓް ލިސްޓްވާ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހެޅި ލިޔުންތަކުގެ އަސްލު އޮތޯރިޓީއަށް ގެންނަންވާނެއެވެ.
- ތަޖްރިބާ ދަލީލުކޮށްދޭ ލިޔުމުގައި އަދާކުރި/ކުރާ މަޤާމުގެ ނަން، މަޤާމުގެ މުއްދަތު، ވަޒިފާ އަދާކުރި ތަނުގެ އެޑްރެސް، އިސްވެރިއެއްގެ ސޮއިއާއި އޮފީހުގެ ތައްގަނޑު އޮންނަންވާނެއެވެ. އަދި އަމިއްލަ ކުންފުންޏެއްނަމަ މި މަޢުލޫމާތުގެ އިތުރުން ތަނުގެ މުވައްޒަފުންގެ އަދަދު ހިމަނަންވާނެއެވެ.
|
މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް: |
- މަޤާމަށް މީހަކު ނެގުމަށް ޕޮއިންޓް ދިނުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއިއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތެއްގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.
- ތަޢުލީމާއި ތަމްރީން: %40
- މަސައްކަތު ތަޖުރިބާ: % 12
- ހުނަރު (އިންޓަވިއު، އިމްތިޙާން/ޕްރެޒެންޓޭޝަން): %48
- މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުން ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ބެލެވޭނީ، ލިބިފައިވާ ތައުލީމާއި، ތަޖުރިބާ އަދި ހުނަރު މި 3 ބައި އެއްކޮށްލުމުން 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ޖުމްލަ މާރކްސް ލިބިފައިވުމާއިއެކު 'ހުނަރު' މިބަޔަށް ކަނޑައަޅާފައިވާ ޕޮއިންޓުގެ 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ލިބުމުންނެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
- މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 މާރިޗު 2022 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން ވަޒިފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅުއްވާ ފަރާތްތަކުން [email protected] މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ. އަދި އީމެއިލް މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
- އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.
|
އިތުރު މަޢުލޫމާތު: |
- ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 15:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
- މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއިއެވެ.
- ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި، މައުލޫމާތު ސައްޙަނޫން ފޯމުތައް ބާތިލުކުރެވޭނެއެވެ.
- އިތުރު މައުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3013100 ފޯނަށް ގުޅުއްވުން އެދެމެވެ.
|