މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސަރ ޓްރެއިނީ

މަޤާމް:

އޮފިސަރ ޓްރެއިނީ

ބޭނުންވާ އަދަދު :

03

މުސާރަ:

  1. 4401.00 ރުފިޔާ ( ހަތަރުހާސް ހަތަރުސަތޭކަ އެއްރުފިޔާ)
  2. އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސަރވިސް އެލަވަންސް:

  1. 1890.00 ރުފިޔާ (އެއްހާސް އަށްސަތޭކަ ނުވަދިހަ ރުފިޔާ)

 

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

 

 

 

މަޤާމުގެ ޝަރުޠު:

  • މަސައްކަތާ ގުޅޭ މާއްދާއަކުން، ޖީ.ސީ.އީ އޯލެވެލް ނުވަތަ އޭލެވެލްގަައި ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު، އިނގިރޭސިއާއި ދިވެހިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއި، ކުރެވޭ އިންޓަރވިއުއިން ފާސްވުން ނުވަތަ؛
  •  މަސައްކަތާ ގުޅޭ މާއްދާއަކުން، ޖީ.ސީ.އީ އޯލެވެލްގައި ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު، އިނގިރޭސިއާ ދިވެހިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއި، ކުރެވޭ އިންޓަރވިއުއިން ފާސްވުން ނުވަތަ؛
  • ޖީ.ސީ.އީ އޯލެވެލްގެ ފެންވަރަށް ތަޢުލީމުޙާސިލްކޮށްފައިވާކަން ސާބިތުކޮށްދިނުމާއެކު، ކުރެވޭ އިންޓަރވިއުއިން ފާސްވުން.
  • ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުން
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުންކުރަން އެނގުން
  • ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތްކުރެވޭނެ ފަރާތަކަށްވުން
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައިވުން
  • ވޭތުވެދިޔަ 5 އަހަރު ދުވަހު، ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލމުންދާ މީހަކުކަމުގައި ނުވުން

 

 

މަސައްކަތް ކުރަންޖެހޭ ގަޑިތައް (ޝިޕްޓް ޑިއުޓީ އުސޫލުން):

  • ހެނދުނު 08:00 ން ހަވީރު 16:00 އަށް – މެންދުރު 12:45 ން ރޭގަނޑު 21:00 އަށް (އާދީއްތަ – ބުރާސްފަތީ)
  • ހެނދުނު 09:45 ން ހަވީރު 16:00 އަށް – މެންދުރު 15:00 ން ރޭގަނޑު 20:00 އަށް (ހޮނިހިރު)
  • ނޯޓް: މަތީގައިވާ ގަޑިތަކަށް، އެއިރަކު ޚިދުމަތްދޭ ގަޑިއާ ގުޅިގެން ބަދަލު އަންނާނެއެވެ. 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި އިޢުލާނު ނަންބަރު އޮންނަންވާނެއެވެ.)
  •  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތުހަމަނުވާ)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮފީ (އެޓެސްޓްކޮށްފައި)
  • ވަޒިފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓް

 

 

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2 ސެޕްޓެންބަރު 2014 ވާ އަންގާރަދުވަހުގެ 16:00 ގެ ކުރިން، ގުޅޭނެ ފޯން ނަންބަރު ޖަހައި،  ޕޯސްޓް ބިލްޑިންގުގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ.

 

 

އިތުރު މަޢުލޫމާތު:

މި މަޤާމުތަކަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓް ލިސްޓްކުރެވޭ ފަރާތްތަކަށެވެ.

ސިޓީ އެޑްރެސްކުރާނީ: މެނޭޖިންގ ޑިރެކްޓަރ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް، މާލެ، ދިވެހިރާއްޖެ.

 

 

ފޯން: 3009151 ފެކްސް: 3321559

26 އޮގަސްޓް 2014
ހޯދާ