ދިވެހިރާއްޖެ
ށ. ގޮއިދޫ ކައުންސިލަށް ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ
މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ޕިކަޕެއް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ވުން |
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 މާރޗް 2022ވާ ބުރާސްފަތި ދުވަހުގެ 11:00ގެ ކުރިން ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ( [email protected]) އަށް އީމެއިލް ކުރެއްވުން ނުވަތަ މިއިދާރާގެ ކައުންޓަރަށް ހުށައެޅުއްވުން އެދެމެވެ. ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. |
ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން |
24 މާރޗް 2022ވާ ބުރާސްފަތި ދުވަހުގެ 11:00އަށް މި އިދާރާއަށް ދުރުވެ ބީލަން ހުށައަޅަންވާނެއެވެ. ބީލަން ހުޅުވާނީ 24 މާރޗް 2022ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. |
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، ކަނޑައެޅިފައިވާ ތާރީޚްގައި މިއިދާރާއަށް ދުރުވެ ބީލަން ހުށައެޅުއްވުން އެދެމެވެ. ބީލަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ށ.ގޮއިދޫ ކައުންސިލަށް ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.
ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި، ކުންފުނި ، ޕާޓްނާޝިޕް ފަދަ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 9606540043 ފޯނަށް ގުޅުއްވައިގެން މައޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
10 ޝައުބާން 1443 ހ.
13 މާރޗް 2022 މ.