ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުމަތީގައި ބަހައްޓާފައިވާ ފެންވަޅުން ފެން ވިއްކުމާބެހޭ (އިޞްލާޙް)

އިޢުލާން 

 

 

ބަނދަރުމަތީގައި ބަހައްޓާފައިވާ ފެންވަޅުން ފެން ވިއްކުމާބެހޭ (އިޞްލާޙް)

 

                   މިރަށު ބަނދަރުމަތީގައި މަސްވެރިންނާއި ދަތުރުވެރިންގެ ފަސޭހައަކަށްޓަކައި ބަހައްޓާފައިވާ ފެންވަޅުން ފެން ވިއްކުމަށް ނިންމާފައިވާ އަގުތައް ތިރީގައި މިދަންނަވަނީއެވެ. މި އަގުތައް ފާސްކޮށްފައިވަނީ ތ. ގުރައިދޫ ކައުންސިލްގެ 2022 ވަނައަހަރުގެ 4 ވަނަ ދައުރުގެ 2 ވަނަ (12 ޖަނަވަރީ 2022) ޖަލްސާއިންނެވެ. އަދި މިކަމަށް އިޞްލާޙު ގެނެވިފައިވަނީ 23 ފެބުރުވަރީ 2022 ވަނަ ދުވަހު ބާއްވާފައިވާ ކައުންސިލްގެ 2022 ވަނަ އަހަރުގެ 4 ވަނަ ދައުރުގެ 8 ވަނަ ޖަލްސާއިންނެވެ.

  • 30 ފޫޓަށްވުރެ ދިގު އުޅަނދުފަހަރަށް ފެންއަޅާ ފުރަތަމަ ގަޑިއިރަކަށް 100.00 ރުފިޔާ
  • 30 ފޫޓަށްވުރެ ދިގު އުޅަނދުފަހަރަށް އިތުރަށް ފެންއަޅާ ކޮންމެ ގަޑިއިރަކަށް 50.00 ރުފިޔާ
  • 30 ފޫޓު ހަމަނުވާ އުޅަނދުފަހަރަށް ފެންނަގާ ކޮންމެފަހަރަކު 25.00 ރުފިޔާ

                  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                  10 ޝަޢުބާން 1443

                  13 މާރިޗު 2022

13 މާރިޗު 2022
ހޯދާ