ދިވެހިރާއްޖެ
ނަންބަރު: MMS-A/2022/06
އަންދާސީ ހިސާބު ބޭނުންވެއްޖެ.
ތިރީގައިވާ މަޢުލޫމާތާއިއެއްގޮތަށް މިސަރވިސް އަށް 06 ކޮމްޕިއުޓަރ ސިސްޓަމް ގަންނަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 މާރިޗު 24 ވާ ބުރާސްފަތި ދުވަހުގެ11:00 އަށް ހުޅުލޭ (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް) ގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން ބީލަންތަށް ހުށައެޅުއްވުން އެދެމެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 24 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް މި އިދާރައިގެ އީމެއިލް އެޑްރެސް [email protected] އަށް 22 މާރިޗު 2021 ވާ އަންގާރަ ދުވަހުގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.
ކޮމްޕިއުޓަރ ސިސްޓަމް ތަކުގެ ޢަދަދާއި ތަފްސީލް:
06 ކޮމްޕިއުޓަރ ސިސްޓަމްގެ ސްޕެސިފިކޭޝަން
Desktop Computer
Item |
Requirement |
CPU |
Intel Core i7 Quad/Hexa-core 3.2GHz base frequency (or equivalent) Up to 4.0 max (minimum) |
Memory |
16 GB DDR4 SDRAM |
Storage |
256 GB SSD (OS) AND 1 TB HDD |
Ethernet |
Gigabit Ethernet |
Graphics |
Shared – Built in Intel UHD Graphics recommended |
Interface / Ports |
HDMI USB 2.0 x 2 USB 3.0 x 4 Network (RJ-45) x 1 USB-C 3.1 x 1 (Optional) |
Operating System |
Genuine Windows 10 Pro (64-bit) |
Monitor
Item |
Requirement |
SCREEN SIZE |
27” |
Backlight |
LED |
Connectors |
1 x HDMI |
Position Adjustment |
Tilt |
Resolution |
1920x1080 (Full HD) |
Support PC |
Compatible with the Desktop PC provided above |
ހުށަހަޅާ އެސްޓިމޭޓްތަކުގައި ހުންނަން ޖެހޭ މަޢުލޫމާތު
- މަތީގައިވާ ގޮތަށް 06 ކޮމްޕިއުޓަރ ސިސްޓަމްއަށް އެސްޓިމޭޓް ހުށައެޅުން.
- އޮޕަރޭޓިން ސިސްޓަމް ވާންޖެހީނީ ވިންޑޯސް 10 ޖެނުއިން އޮޕަރޭޓިން ސިސްޓަމް އަކަށެވެ.
- އެސްޓިމޭޓް ހުށައަޅުއްވާ ކޮމްޕިއުޓަރ ސިސްޓަމްތަށް ވާންޖެހޭނީ ރާއްޖެއިން ސަރވިސްކުރުމުގެ ޚިދުމަތްލިބެން ހުންނަ ތަކެއްޗަށެވެ.
- އެސްޓިމޭޓް ހުށައަޅުއްވާއިރު، ކޮމްޕިއުޓަރ ސިސްޓަމްގެ ރޭޓް އަދި ޖުމްލަ އަގު ހުށައަޅަންވާނެއެވެ.
- ހުޅުލޭގައި ހުންނަ މިސަރވިސް އަށް ކޮމްޕިއުޓަރ ސިސްޓަމްތަށް ފޯރުކޮށް ދިނުމަށް ޑެލިވަރީ އެއްވެސް ޗާރޖެް ނަގާނަމަ އެކަން އެސްޓިމޭޓްގައި އެގެން އޮންނަން ވާނެއެވެ. މިގޮތުން އެއްވެސް އަގެއް ނަގާނަމަ ޖުމްލަ އަގުކަމުގައި ބަލާނީ ޑެލިވަރީ ކުރުމަށް ދާ ޚަރަދު ހިމަނައިގެންނެވެ.
- އެސްޓިމޭޓްގެ ޖުމްލަ އަގުގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމަނަން ވާނެއެވެ.
- ޑެލިވަރ ކޮށްދެވޭނެ މުއްދަތު އެސްޓިމޭޓްގައި ހިމެނުން.
- ކޮމްޕިއުޓަރ ސިސްޓަމް ތަކަށް މަދުވެގެން 01 އަހަރުގެ މުއްދަތަކަށް ވޮރަންޓީ ދޭންވާނެއެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ޕްރޮފައިލް ހުށަހަޅުއްވަން ވާނެއެވެ. އަދި ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއެއްވެސް ހުށައަޅުއްވަން ވާނެއެވެ. މީރާގައި ޖީ.އެސް.ޓީ އަށް ރަޖިިސްޓްރީކޮށްފައިވާނަމަ ރަޖިސްޓްރީގެ ކޮޕީއެއް ހުށައަޅުއްވަންވާނެއެވެ.
- ވޭތުވެދިޔަ 02 އަހަރު ދުވަހުގެ ތެރޭގައި ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައި ކޮށްދެއްވާފައިވާ ކަން ހާމަކޮށްދޭ ލިޔުންތައް ހުށައަޅުއްވަން ވާނެއެވެ.
- މިކަމަށް ހޮވޭފަރާތުން ތަކެތި ގެންނައިރު އެއިން އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެތަކެތި ރިޕްލޭސް ކޮށްދެއްވަން ވާނެއެވެ.
- ތައްޔާރުކުރާ އެސްޓިމޭޓަށް 02 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަން ވާނެއެވެ.
ބިޑް އިވެލުއޭޝަން ކްރައިޓީރިއާ
ތަފްސީލް |
ޕޮއިންޓް |
Minimum Quoted Price) / (Quoted Price) x 85) |
85 |
Shortest Delivery Period) / (Quoted Delivery Period) x 10) |
10 |
ފުރިހަމަ ލިޔުމެއްކަމަށްބެލެވޭނީ، ވޭތުވެދިޔަ 2 އަހަރުތެރޭގައި މި ކަމާއި ގުޅުންހުރި މަސައްކަތެއް ފުރިހަމަ ކުރުމަށްފަހު މަސައްކަތް ކޮށްފައިވާ އަގާއި، މުއަދަތު އަދި ތާރީޙް އެންގޭނޭ ގޮތަށް ހުށަހަޅާފައިވާ ލިޔުމަށް އެކަންޏެވެ. މފަދަ 5 ލިޔުން ނުވަތަ އެއަށްވުރެ އިތުރުވާނަމަވެސް ލިބޭނީ 5 ޕޮއިންޓެވެ. |
05 |
ހުށަހެޅޭއަންދާސީހިސާބެއްބާތިލް (ޑިސްކޮލިފައި) ކުރެވޭނެގޮތްތައް:
- ހުށަހަޅާ އަންދާސީ ހިސާބުގައި މުއްދަތު ނެތުން.
- ހުށަހަޅާ އަންދާސީ ހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސްކަމަކަށް އަގުހުށަހެޅިފައި ނެތުން.
- އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
- އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ ލިޔުންތައް ހުށައަޅާފައި ނުވުން.
- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި ( ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު.
10 ޝައްވާލް 1443