އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. މަތިވެރި ރައްޔިތުންގެ ޖަނަރޭޓަރުތައް ނީލަން ކިޔުމާބެހޭ

ތިރީގައި މިދަންނަވާ ޖަނަރޭޓަރުތައް ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއްޖެއެވެ.

ވީމާ، މިޖަނަރޭޓަރުތައް ގަންނަން ބޭނުންވާ ފަރާތްތަކުން މިރަށަށް ވަޑައިގެން ޖަނަރޭޓަރުތައް ބެއްލެވުމަށްފަހު 1 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުން ފެށިގެން 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށް އަގު ހުށަހެޅުމަށް ހުޅުވާލަމެވެ. އަގު ހުށަހަޅުއްވާނީ ސިޓީއަކުން މިއިދާރާއަށެވެ. އަދި އަގު ހުށަހަޅުއްވާނީ ކޮންމެ ޖަނަރޭޓަރަކަށް ވަކިވަކިންނެވެ. މިމުއްދަތުގެ ތެރޭގައި އެންމެ ރަނގަޅު އަގު ހުށަހަޅާ ފަރާތްތަކަށް މި ޖަނަރޭޓަރުތައް ވިއްކާލެވޭނެއެވެ. މިއިޢުލާނާ ގުޅިގެން މީގެކުރިން މިޖަނަރޭޓަރުތައް ވިއްކާލުމަށް ކޮށްފައިވާ ނަންބަރު IUL)-B/342/2014/49)ފ(23 އެޕްރީލް 2014) ނަންބަރުގެ އިޢުލާނު ވަނީ ބާޠިލުކުރެވިފައެވެ.

އަދަދު

މޮޑެލް ނަންބަރ

ކިލޯ ވޯޓު

ޙާލަތު

ފެށޭއަގު

އިތުރު ކުރެވޭނީ

1

COMMIS 6BT5.9-G2

80KV

މިހާރުވެސް ބޭނުންކުރެވޭ

71,250.00

3،000.00

2

DUETZ BFM 1013/E

80KV

ރޭޑިއޭޓަރ ހަލާކުވެ ފުލް އޯވަރ ހޯލް ކުރަންވެފައި

13,500.00

500.00

3

SDMO JS100K

80KV

މިހާރުވެސް ހިންގޭ ރިންގް ބަދަލު ކުރަންވެފައި

45,000.00

2،500.00

4

COMMIS 4BT3.9-G2

48KV

ޑައިނަމޯ ހަލާކުވެފައި

13,500.00

500.00

5

COMMIS 4BT3.9-G2

48KV

މިހާރުވެސް ބޭނުންކުރެވޭ

47,500.00

2500.00

 

  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ: 9665188 ، 6660058
  • ފެކްސް: 6660028
  • އީމެއިލް: [email protected]

29 ޝައްވާލު 1435

25 އޮގަސްޓް 2014
ހޯދާ