ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިންޖިނިއަރ

އިޢުލާނު

 

މަޤާމު:

އިންޖިނިއަރ

މަޤާމުގެ ނަންބަރު:

J-350595

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، މާލެ / މޮނިޓަރިންގ އެންޑް އިންސްޕެކްޝަން ސެކްޝަން

މުސާރަ:

-/7035

ސަރވިސް އެލަވަންސް:

-/3500

އެހެނިހެން އެލަވަންސް:

  • ސްޕެޝަލް ޑިއުޓީ އެލަވަންސް:  މުސާރައިގެ    %35 
  • ޓެކްނިކަލް ކޯ އެލަވަންސް: މުސާރައިގެ        %28 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސަރުކާރުގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމުގައި ސެކްޝަން އިން ހުށަހަޅަންޖެހޭ މައުލޫމާތު ސެކްޝަން ހެޑްގެ ލަފާގެ މަތިން އެކުލަވާލުން.  
  2. ޔޫ.އާރ.އޭ ގެ ވަރކް ޕްލޭންގެ ދަށުން ސެކްޝަންގެ ވަރކް ޕްލޭން އެކުލަވާލައި ޕްލޭން ތަންފީޛުކުރުމުގެ މަސައްކަތްތައް ހިންގުން. އަދި ޕްލޭންގެ ޕްރޮގްރެސް މޮނިޓަރކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯރޓްކުރުން.
  3. ދިވެހިރާއްޖެއަށް ފެތޭ ގޮތަށް ޔޫ.އާރު.އޭ އިން ހަދާ ސްޓޭންޑަރޑް ތައް އެކުލަވާލުމުގައި އެހީތެރިވުން
  4. ކަރަންޓުގެ އާއްމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ދާއިރާގެ ސްޓެޓިސްޓިކްސް ކަލެކްޓްކުރުމާއި ސްޓެޓިސްޓިކަލް ޑޭޓާ މެނޭޖްކުރުމުގެ ގޮތުން ސެކްޝަންގެ ފަރާތުން ހިންގަންޖެހޭ މަސައްކަތްތައް ހިންގުން.
  5. ޔޫ.އާރު.އޭގެ ޤަވާއިދުތަކާއި މިންގަޑުތައް ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރުމާއި އެކަމާއިބެހޭ އެންމެހައި މަސައްކަތްތަކުގައި ސެކްޝަން ހެޑްއަށް އެހީތެރިވުން
  6. ކަރަންޓުގެ އާއްމު ހިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ގަވާއިދުން ކުރެވޭ  އެކި ބާވަތުގެ އިންސްޕެކްޝަންތަކާއި މޮނިޓަރިންގ ގެ މަސައްކަތްތައް ރާވާ ހިންގުމާއި އެއާއި ގުޅިގެން ތައްޔާރު ކުރަންޖެހޭ ރިޕޯޓުތައް ތައްޔާރު ކުރުމުގެ މަސައްކަތްތައް ބެލެހެއްޓުން.
  7. ކަރަންޓުގެ އާއްމު ހިދުމަތްދޭ ފެސިލިޓީތައް ކޮމިޝަން ކުރުމާއި މޮނިޓަރ ކުރުމުގެ މަސައްކަތްތައް ރާވާ ހިންގުން.
  8. ކަރަންޓުގެ އާއްމު ހިދުމަތްތައް ފޯރުކޮށްދިނުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ފޮނުވާ ޕީރިއޮޑިކް ރިޕޯޓުތައް ރިވިއު ކުރުމުގެ މަސައްކަތްތައް ރާވާ ހިންގުން.
  9. ކަރަންޓުގެ އާއްމު ޚިދުމަތްދޭ ފަރާތްތަކުގެ ޕަރފޮމަންސް މޮނިޓަރިންގ ގެ މަސައްކަތްތައް ރާވާ ހިންގުން.
  10. ޕްލޭންތަކާ ގުޅޭގޮތަށް ސެކްޝަންގެ ބަޖެޓް އެކުލަވާލުމުގައި އޮފީހުގެ އިސްވެރިންނަށް ފަންނީ ލަފާ ދިނުމާއި ޕްލޭންތަކާ ގުޅޭ ގޮތަށް ބަޖެޓް އެކުލަވާލުމުގައި ކަމާ ބެހޭ މުވައްޒަފުންނަށް އެހީތެރިވުން.
  11. ޔޫ.އާރ.އޭ މެނޭޖްކުރުމުގެ މަސައްކަތްތަކާ ބެހޭ ގޮތުން ޔޫ.އާރ.އޭ ގެ އިސްވެރިޔާއަށް ފަންނީ ލަފާދިނުމާއި އޮފީހުގެ އެކި އެކި ނިންމުންތައް ނިންމުމަށް އެހީތެރިވެދިނުން

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން ނުވަތަ،
  2. މަޤާމުގެ މަސައްކަތާއިގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގު(ތައް):

އިލްކެޓްރިކަލް އެންޑް އިލެކްޓްރޯނިކްސް، އިލެކްޓްރިކަލް އިންޖިނިއަރިންގ، އެނާޖީ އިންޖިނިއަރިންގ، މެކޭނިކަލް އިންޖިނިއަރިންގ، ޕެޓްރޯފިޒިކަލް އިންޖީނިއަރިންގ، ޕަވަރ އިންޖީނިއަރިންގް، ޓޮކްސިކޮލޮޖީ

 

ޕްރިފަރޑް ޑިސިޕްލިން(ތައް):

ނެތް

 

ކޯ ޑިސިޕްލިން(ތައް):

އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް، އިލެކްޓްރިކަލް އިންޖިނިއަރިންގ، މެކޭނިކަލް އިންޖިނިއަރިންގ، ޕެޓްރޯފިޒިކަލް އިންޖީނިއަރިންގ، ޕަވަރ އިންޖީނިއަރިންގް

މަޤާމުގެ މަސައްކަތުގެ ދާއިރާ(ތައް):

އިލެކްޓްރިކަލް އިންޖިނިއަރިންގ، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގ، އެނަރޖީ އިންޖިނިއަރިންގ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށްއެންމެޤާބިލުފަރާތެއްހޮވުމަށްބެލޭނެކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް  (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 މާރިޗް 2022 ގެ 12:00 ގެ ކުރިން، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަށެވެ. 

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތެއް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނީ، 23 މާރިޗު 2022 އާއި 24 އޭޕްރީލް 2022 އާ ދެމެދު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3019100 އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

13 މާރިޗު 2022
ހޯދާ