ދިވެހިރާއްޖެ
ފޮއްދޫ ކައުންސިލްގެ 03 ވަނަ ޤުރުއާން މުބާރާތް މިއަހަރު ރަމަޟާން މަހު ބޭއްވުމަށް ގަޞްދުކުރަމެވެ. މިމުބާރަތުގައި ބައިވެރިވުމަށް ތިރީގައިވާ ޝަރުތު ފުރިހަމަ ވާ ފަރާތްތަކުން 2022 އެޕްރީލް 10 ވަނަ ދުވުގެ 13:00 ގެ ކުރިން ފޮއްދޫ ކައުންސިލް ޤުރުއާން މުބާރާތް -1443 ގައި ބައިވެރިވުމަށް އެދޭ ފޯމް މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މިމުބާރާތުގެ ބައިވެރިވާން އެދޭ ފޯމް މިއިދާރާއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. މުބާރަތް ހުޅުވާލެވިފައިވާނީ 2022 ޖަނަވަރީ 01 ވަނަ ދުވަހަށް ޢުމުރުން 25 އަހަރު ނުފުރޭ ފަރާތްތަކަށެވެ. އަދި މިމުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތައް ތިރީގައި މިދަންނަވާ ޝަރުތު ފުރިހަމަ ވާންވާނެއެވެ.
* ފޮއްދޫގެ ރައްޔިތަކަށް ވުން ނުވަތަ
* ފޮއްދޫ ރައްޔިތެއްގެ ދަރިއަކަށްވުން ނުވަތަ
* ފޮއްދޫ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރަކަށްވުން ނުވަތަ
* ފޮއްދޫ ރައްޔިތަކާ ކައިވެނިކޮށްގެން ފޮއްދޫގައި ދިރިއުޅޭ މީހަކަށްވުން
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.