މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކާއި ގޯޅިތަކުގައި ބަހައްޓާފައިވާ ތަކެތި ނެގުން

އިޢުލާން

މަގުތަކާއި ގޯޅިތަކުގައި ބަހައްޓާފައިވާ ތަކެތި ނެގުން

މިހާރަކަށް އައިސް ބައެއްފަރާތްތަކުން މިކައުންސިލްގެ ހުއްދަނެތި މަގުމަތީގައި ކަނޑު އުޅަނދުފަހަރާއި ވެލިޖަންބޯ އާއި، ގައު ކުނޑި ބަހައްޓާ ގިނަދުވަސްތަކެއް ވާއިރުވެސް މިތަކެތި ނުނަގާ ހުންނަކަން ފާހަގަ ކުރެވިފައިވެއެވެ.

   މަގުމަތީގައި ތަކެތި  ބެހެއްޓުމަކީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާގެ (ޕ) ގެ ދަށުން އެކުލަވާލެވިފައިވާ ޤަވާއިދު ނަންބަރު 2013/R-2212 (އާންމު އުނދަގުލާބެހޭ ޤަވާއިދު) ގެ 14 ވަނަ މާއްދާގެ (ހ) އިން މަނާ ކުރެވިފައިވާ ކަމެކެވެ. އަދި ޤާނޫނު ނަންބަރު 2010/7 ގެ 151 ވަނަ މައްދާގެ (ދ) ގެ ދަށުން އެކުލަވާލެވިފައިވާ ޤަވާއިދު ނަންބަރު 2019/R-381 (ޢާންމު ތަންތަނަށާއި  މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމުގެ ޤަވާއިދު) ގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގައި "ޤަވާއިދުގައިވާ ގޮތުގެ މަތިން ދޫކޮށްލާފައިވާ އެއްޗެއްކަމުގައި ކަނޑައެޅުމަށްފަހު އެއެއްޗެއް ނެގުމުގެ ބާރު ޤަވާއިދު ހިންގާ ފަރާތަށް ލިބިގެންވެއެވެ. އަދި މިމާއްދާގެ (ށ) ގައިވާ ގޮތުން ނަގައިގެން ގެންދާ ތަކެއްޗަށް ލިބޭ ގެއްލުމުގެ ޒިންމާ ވާކަށްނުޖެހެއެވެ.

ވީމާ، މިކައުންސިލްގެ ހުއްދަނެތި މަގުތަކާއި ގޯޅިތަކުގައި ބަހައްޓާފައިވާ ކަނޑު އުޅަނދުފަހަރާއި، ގައު ފުނި ފުންޏާއި، ވެލިބަސްދާތަކާއި، ވެލި ޖަންބޯތައް އަދި ދަރާއި ލަކުޑީގެ ބާވަތްތައް އެތަކެތީގެ ވެރިފަރާތެއްވާނަމަ މިއަދުންފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ނަގައި މަގު ސާފުކުރުމަށް ދަންނަވަމެވެ. އަދި މިމުއްދަތުގައި ނުނަގައިފިނަމަ ޤަވާއިދު ނަންބަރު 2019/R-381 ގެ (5) ވަނަ މާއްދާގެ (ށ) ގައި ވާގޮތަށް އެތަކެއްޗަކީ ދޫކޮށްލާފައިވާ ތަކެތި ކަމުގައި ކަނޑައެޅޭނެއެވެ. މިގޮތަށް ކަނޑައެޅޭ ތަކެތި މިޤަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އިން އެ އެއްޗެއް ނެގުމުގެ ބާރު މިޤަވާއިދު ހިންގާ ފަރާތައް ލިބިގެންވާ ވާހަކަ ދަންނަވަމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުންލިބޭ އެއްބާރުލެއްވުން ފާހަގަކޮށް ޝުކުރުދަންނަވަމެވެ.

 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

      07 ޝައުބާން 1443                         

10 މާރިޗު 2022
ހޯދާ