މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުއްތަޢާވުން (ހުކުރު މިސްކިތް) ކުލަ އާކުރުން:

އިޢުލާން

މަސްޖިދުއްތަޢާވުން (ހުކުރު މިސްކިތް) ކުލަ އާކުރުން:

1443ވަނަ އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މަސްޖިދުއްތަޢާވުން (ހުކުރު މިސްކިތް) ގެ އާބާތުރަ ފިލުވުމުގެ މަސައްކަތުގެ ތެރެއިން މިސްކިތުގެ ކުލަ ފަނޑުވެފައިވުމުން ކުލަ އާކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ. އެގޮތުން 2022 މާރޗް 18 ވާ ހުކުރު ދުވަހުން ފެށިގެން ކުލަ ލާ ނިމެންދެން މަސައްކަތްކުރިޔަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. ކުލަލުމަށް ބޭނުންވާ ކުލަ ކައުންސިލަށް ލިބިފައިވީނަމަވެސް އިތުރު ކުލަ ބޭނުންވާނެކަމަށް ލަފާކުރެވޭތީ، ކުލަ އާއި ކުލަ ލުމަށް ބޭނުންވާ އިތުރު ސާމާނު ފޯރުކޮށްދެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން ކައުންސިލްގެ ނަންބަރު: 6580052 އަށް ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް ދަންނަވަމެވެ.  

ވީމާ، މި މަސައްކަތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 18 މާރޗް 2022 ވާ ހުކުރު ދުވަހުން ފެށިގެން މަސައްކަތް ނިމެންދެން ބައިވެރިވެ، ޙަޟިރުވެދެއްވުން އެދި ދަންނަވަމެވެ.

މަސައްކަތްކުރިޔަށް ގެންދިޔުމަށް ލަފާކޮށްފައިވާ ގޮތުގެ ތަފްސީލް

ތާރީޚް

ބްރޭކްތައް

ފަށާ ގަޑި

ނިންމާ ގަޑި

18 މާރޗް 2022 (ހުކުރު)

10:15 –14:00 / 15:00 –16:15

07:00

17:30

19 މާރޗް 2022 (ހޮނިހިރު)

11:30 –13:30 / 15:00 –16:15

07:30

17:30

20 މާރޗް 2022 (އާދިއްތަ)

11:30 –13:30 / 15:00 –16:15

07:30

17:30

21 މާރޗް 2022 (ހޯމަ)

11:30 –13:30 / 15:00 –16:15

07:30

17:30

22 މާރޗް 2022 (އަންގާރަ)

11:30 –13:30 / 15:00 –16:15

07:30

17:30

23 މާރޗް 2022 (ބުދަ)

11:30 –13:30 / 15:00 –16:15

07:30

17:30

24 މާރޗް 2022 (ބުރާސްފަތި)

11:30 –13:30 / 15:00 –16:15

07:30

17:30

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 މާރިޗު 2022
ހޯދާ