ދިވެހިރާއްޖެ
އިޢުލާން
އިޢުލާންނަމްބަރު: (IUL)472/1/2022/25 ގުޅިގެން ފޯރުކޮށްދެވޭ މަޢުލޫމާތު ކަރުދާސްހިއްސާކުރުމާ ގުޅޭ
ދިވެހިރާއްޖޭގެ ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ރާއްޖޭގައި ބަނުމުގެ ގަވާއިދު ތަންފީޒު ކުރުމަށްޓަކައި އެގަވާއިދުގައި ބަޔާންކޮށްފައިވާ އުޅަނދުފަހަރު ބަންނަ މާވަޑިންނާއި، ބޯޓު އިންސްޕެކްޓަރުން އަދި ނޭވަލް އާކިޓެކްޓުން ތަމްރީނުކުރުމަށް ތިރީގައި މިދަންނަވާ ސިލަބަސްތައް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- އުޅަނދުފަހަރު ބަނުމުގެ މަސައްކަތުގައި އިންސްޓިއުޓަކުން ކިޔެވުމަކާއި ނުލައި މަސައްކަތުގައި ދެމިތިބި މާވަޑިން، މާވަޑިންގޮތުގައި ތަމްރީނުކުރުމުގެ ސިލަބަސް
- އުޅަނދުފަހަރު ބަނުމުންދާގޮތް އިންސްޕެކްޓް ކުރާނެ ބޯޓް އިންސްޕެކްޓަރުން ތަމްރީނުކުރުމުގެ ސިލަބަސް.
- ނޭވަލް އާކިޓެކްޓުންގެ ގޮތުގައި 8 (އަށެއް) މީޓަރުން ފެށިގެން މަތީގެ އުޅަނދުފަހަރުގެ ކުރެހުންތަކާއި ސްޓެބިލިޓީ އެނގޭ ފެންވަރަށް މީހުން ތަމްރީނުކުރުމުގެ ސިލަބަސް.
ވީމާ މަތީގައި ބަޔާނުކުރެވިފައިވާ ސިލަބަސް ހެދުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 މާރިޗު 15 ވާ އަންގާރަ ދުވަހު ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނަށް ވަޑައިގެން އަންދާސީ ހިސާބު ހުށެހެޅުއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ.
ވީމާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިގަތުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.