ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ފަސްޓް އިންޓަރނޭޝަނަލް ފޯކް ޑާންސް އެންޑް މިއުޒިކް ފެސްޓިވަލް

މިސެންޓަރުގެ ނަންބަރު IUL)177-A2/1/2014/48)ފ(03 ޖުލައި 2014)، އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

2014 ވަނަ އަހަރުގެ އޮކްޓޫބަރު 13 ން 15 އަށް އިންޑިއަން ކައުންސިލް ފޮރ ކަލްޗަަރަލް ރިލޭޝަންސް (އައި.ސީ.ސީ.އާރ) އިން އިންތިޒާމުކޮށްގެން، ބޭއްވުމަށް ހަމަޖެހިފައިވާ "ފަސްޓް އިންޓަރނޭޝަނަލް ފޯކް ޑާންސް އެންޑް މިއުޒިކް ފެސްޓިވަލް" ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށްވަނީ ލިބިފައެވެ.

އެގޮތުން މިފެސްޓިަވަލްގައި ބައިވެރިވެވޭނީ ރާއްޖޭގެ ތަޤާފަތް ދައްކުވައިދޭ ގްރޫޕަކަށެވެ. މި ފަރާތްތަކަށް ނިއުދިއްލީގެ ތެރޭގެ ދަތުރުކުރުމާއި، ހުރުން ހަމަޖައްސަވައިދެއްވާނެކަމަށްވަނީ އަންގަވާފައެވެ. އެހެންނަމަވެސް ދެކޮޅު ޓިކެޓާއި މިއުޒިކް ސާމާނު ގެންދިއުމުގެ ޚަރަދު ހަމަޖައްސަވަންވާނީ އަމިއްލަފުޅަށެވެ.

ވީމާ، މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 01 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ ކުރިން މިސެންޓަރަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

28 ޝައްވާލު 1435

24 އޮގަސްޓް 2014
ހޯދާ