ދިވެހިރާއްޖެ
މިސެންޓަރުގެ ނަންބަރު IUL)177-A2/1/2014/51)ފ(07 ޖުލައި 2014)، އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
2014 ވަނަ އަހަރުގެ ޑިސެންބަރު 17 ން 23 އަށް މިސްރުގެ މިނިސްޓްރީ އޮފް ކަލްޗަަރުން އިންތިޒާމުކޮށްގެން، ބޭއްވުމަށް ހަމަޖެހިފައިވާ " އީ.އައި ފަޔޫމް އިންޓަރނޭޝަނަލް ފެސްޓިވަލް ފޮރ ޓްރެޑިޝަނަލް މިއުޒިކް އެންޑް ކަލްޗަރ" ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށްވަނީ ލިބިފައެވެ.
އެގޮތުން މިފެސްޓިވަލްގައި ބައިވެރިވެވޭނީ ރާއްޖޭގެ ފަރާތުން 10 ބޭފުޅުންނަށެވެ. މި ފަރާތްތަކަށް ކައިރޯގެ ތެރޭގެ ދަތުރުކުރުމާއި، ހުރުމާއި ކެއުން ހަމަޖައްސަވައިދެއްވާނެކަމަށް ވަނީ އަންގަވާފައެވެ. އެހެންނަމަވެސް ދެކޮޅު ޓިކެޓާއި މިއުޒިކް ސާމާނު ގެންދިއުމުގެ ޚަރަދު ހަމަޖައްސަވަންވާނީ އަމިއްލަފުޅަށެވެ.
ވީމާ، މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 11 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ ކުރިން މިސެންޓަރަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.
28 ޝައްވާލު 1435