ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ސެވަންތް ސެޝަން އޮފް އިންޓަނޭޝަނަލް ފެސްޓިވަލް ފޮރ ރިލިޖަސް އެންޑް ސޫފި މިއުޒިކް- ކައިރޯ، އިޖިޕްޓް

މިސެންޓަރުގެ ނަންބަރު IUL)177-A2/1/2014/49)ފ(03 ޖުލައި 2014)، އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

2014 ވަނަ އަހަރުގެ ސެޕްޓެންބަރު 20 ން 27 އަށް މިސްރުގެ މިނިސްޓްރީ އޮފް ކަލްޗަަރަލް އިން އިންތިޒާމުކޮށްގެން، ބޭއްވުމަށް ހަމަޖެހިފައިވާ "ސެވަންޓް ސެޝަން އޮފް އިންޓަނޭޝަނަލް ފެސްޓިވަލް ފޮރ ރިލިޖަސް އެންޑް ސޫފި މިއުޒިކް" ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށްވަނީ ލިބިފައެވެ.

އެގޮތުން މިފެސްޓިވަލްގައި ބައިވެރިވެވޭނީ ރާއްޖޭގެ ފަރާތުން 10 ބޭފުޅުންނަށެވެ. މި ފަރާތްތަކަށް ކައިރޯގެ ތެރޭގެ ދަތުރުކުރުމާއި، ހުރުން ހަމަޖައްސަވައިދެއްވާނެކަމަށް ވަނީ އަންގަވާފައެވެ. އެހެންނަމަވެސް ދެކޮޅު ޓިކެޓާއި މިއުޒިކް ސާމާނު ގެންދިއުމުގެ ޚަރަދު ހަމަޖައްސަވަންވާނީ އަމިއްލަފުޅަށެވެ.

ވީމާ، މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 02 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ ކުރިން މިސެންޓަރަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

28 ޝައްވާލު 1435

24 އޮގަސްޓް 2014
ހޯދާ