ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ކުނަހަންދޫ އިޖުތިމާއީ ސަރަހައްދު ސާފްކޮށް ބެލެހެއްޓުމަށް މީހުން ހޯދުން

އިޢުލާން

 

ލ.ކުނަހަންދޫ އިޖުތިމާއީ ސަރަހައްދު ސާފްކޮށް ބެލެހެއްޓުމަށް މީހުން ހޯދުން

                       މި ކައުންސިލުން އަންގާ ގޮތެއްގެ މަތިން ލ.ކުނަހަންދޫގެ އިޖުތިމާއީ ސަރަހައްދުގެ ގޮތުގައި ކަޑައަޅާފައިވާ ސަރަހައްދުތަށް ސާފްކޮށް ބަލަހައްޓައި ދޭނެ މީހުން ބޭނުންވެއެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަސައްކަތް ހަވާލުކުރާ ތާރީހުން ފެށިގެން 31 ޑިސެމްބަރު 2022ގެ ނިޔަލަށެވެ.

މި މަސައްކަތަށް ކަޑައެޅިފައިވާ އުޖޫރަ މި އިޢުލާން އާއި ގުޅިގެން ބާއްވާ މައުލޫމާތު ސެޝަންގައި ބަޔާންކުރެވޭނެއެވެ. މަސައްކަތުގެ އަގު ނެގުމަށް ހަމަޖެހިފައިވަނީ ސައުޤުވެރިކަން ފާޅުކޮށް ކުނިކެހުމުގެ މަސައްކަތަށް ފޯމް ހުށައަޅާ ފަރާތްތަކުގެ އަދަދަށް ބަލައި އިޖުތިމާއީ ސަރަހައްދު ކުނިކެހުމުގެ މަސައްކަތަށް 2022 ވަނަ އަހަރު ކަޑައަޅާފައިވާ ބަޖެޓްގެ ތެރެއިންނެވެ.

މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތާއި އިތުރު މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 21މާރިޗް 2022ވާ ހޯމަ ދުވަހުގެ 13:30ގައި ކުނަހަންދޫ ކައުންސިލްގައި ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލްވުމުގައެވެ. މި މަސައްކަތަށް ފޯމް ހުށައަޅާ ހުރިހާ ފަރާތްތަކުން މައުލޫމާތު ސެޝަންގައި ބައިވެރިވާން ވާނެއެވެ.

ބައިވެރިވުމަށް ފޯމް ހުށައަޅާ ފަރާތްތަކުގެ ތެރެއިން މީހުން ނެގުމުގައި ބަލާނެ މިންގަނޑު

  1. އުމުރުން 18 އަހަރުފުރި 65 އަހަރު ނުފުރޭ މީހެއްކަމުގައިވުން
  2. 31 ޑިސެމްބަރު 2022ގެ ނިޔަލަށް މަސައްކަތަށް ނިކުމެވޭނެ މީހެއްކަމުގައިވުން
  3. މީހުން ނެގުމަށް ހަމަޖެހިފައިވަނީ 20 މާރިޗު 2022ވަނަ ދުވަހުގެ މެންދުރު 14:00ގެ ކުރިން ފޯމް ހުށައަޅާ ފަރާތްތަކުގެ ތެރެއިން

އިޖުތިމާއީ ސަރަހައްދުގެ ގޮތުގައި ކުނިކެހުމަށް ހަމަޖެހިފައިވާ ސަރަހައްދުތަށް

  1. ހިތްފަސޭހަ މަގު
  2. ފުޓްބޯޅަ ދަނޑުގެ ވަށައިގެންވާ މަގުތަކުގެ އެއްފަޅި
  3. ކައުންސިލްގެ ހުޅަނގު ފަރާތު ރުއްގަނޑުން ފެށިގެން މަގުގެ ކޮޅަށް
  4. ކޮށިމަގު ކުނިކޮއްޓާ ހަމައަށް
  5. ބޮޑުމަސް ވިޔާ ސަރަހަދު ރުއްގަނޑު ފަރީދު ކޮށީ މަގު ހިމެނޭ ގޮތަށް
  6. ބަނދަރު(ޖެޓީ) ވަށައިގެންވާ ސަރަހައްދު
  7. ބަނދަރު ސަރަހައްދުގެ ހުސްބިންތަށް (ކުރިކެޓް ޕެޗު،ކުލީބިންތަށް ނުހިމަނައި)
  8. އީދަގޭ ވަށައިގެންވާ ސަރަހައްދު
  9. ފުޑްސަލް ދަނޑުގެ ވަށައިގެންވާ ސަރަހައްދު
  10. އާމަގު (ދިރާގު ހަޓުން ފެށިގެން)
  11. ބާ އިންޖީނުގޭ ހުޅަނގު ފަރާތުގައިވާ މަގު އަދި ހުސްބިމުގެ ވަށައިގެން ވާ ސަރަހައްދު
  12. އަންހެނުން ވޮލީކޯޓްގެ ގޮތުގައި ބޭނުންކުރާ ހުސްބިން އިންޖީނުގެ އާއި ހަމައަށް
  13. ފަރީދީ މަގު (ތައުސިޔާގޭ ދެކުނު ފަރާތު ބޮޅަކާ ހަމައިން މަގުގެ އިރުމަތީ ބައި ،ސީރީނާއަލީ ގޯތީގެ އުތުރު ފަރާތު މަގުގެ މެދުން 30ފޫޓު ފުޅާމިނުގައި ކޯޑިހަދާ މަގުގެ ކޮޅާ ހަމައަށް)
  14. މުސްއަބް ބިން އުމައިރު މިސްކިތުގެ ދެކުނުފަރާތު މަގުގެ މެދު 15 ފޫޓް ފުޅާމިނުގައި
  15.  މުސްއަބް ބިން އުމައިރު މިސްކިތުގެ އިރުމަތީ ފަރާތުން ފެށިގެން ސިއްހީ މަރުކަޒާ ހަމައަށް ޖެޓީ ހިމެނޭ ހިމެނޭ ގޮތަށް
  16. ކުނިކޮށީގެ އުތުރު ފަރާތު މަގު ( ކުނިކޮށިން ފެށިގެން ހުޅަނގައް ގޯތި ބަރިއާއި ހަމައަށް)

                  ފޯމް ހުށައަޅާ ފަރާތްތަކަށް ބާއްވާ މައުލޫމަތު ދިނުމުގެ ބައްދަލްވުން އޮންނާނީ 21 މާރިޗް 2022 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:30ގައި މި ކައުންސިލްގެ މީޓިން ރޫމްގައެވެ. ބައްދަލް ވުމުގައި ބައިވެރިވެވޭނީ ފޯމް ހުށައަޅާ ފަރާތްތަކަށެވެ. ފޯމް ފުރާފައި ހުށަ ނާޅާ ފަރާތެއް އިޖުތިމާއީ ސަރަހައްދު ސާފްކުރުމުގެ މަސައްކަތުގައި ބައިވެރި ނުކުރެވޭނެ ވަހަކަ ދަންނަވަމެވެ.

                 ވީމާ، މި މަސައްކަތަށް ސައުޤުވެރިކަން ހުންނަ ފަރާތްތަކުން 20 މާރިޗު 2022 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން މި ކައުންސިލުން ދޫކުރާ ފޯމް ފުރިހަމަ ކުރުމަށްފަހު ކައުންސިލަށް ހުށައެޅުމަށް ދަންނަވަމެވެ. ފޯމް ލިބެން ހުނާނީ ކައުންސިލް އިދާރައިން ނެވެ. އިތުރު މައުލޫމާތު ސާފްކުރުމަށް ގުޅާނީ ރަސްމީ ގަޑީގައި ހެނދުނު 9:00ން މެންދުރުފަހު 14:00އަށް ކައުންސިލްގެ ފޯނު ނަމްބަރު 9995970އަށެވެ.

10 މާރިޗު 2022
ހޯދާ