ދިވެހިރާއްޖެ
(IUL)MMPRC-PRO/1/2022/25 :ނަންބަރު
އިޢުލާން
މި ކޯޕަރޭޝަންގެ ފަރާތުން ބައިވެރިވާ ފެއަރ ތަކާއި އަދި ރާއްޖެއިން ބޭރުގައި ރާއްޖެ އިޝްތިހާރުކުރުމަށް ބައިވެރިވާ އެހެނިހެން ހަރަކާތްތަކުގައި ބޭނުންކުރާނެ ޕްރޮމޯޝަނަލް މެޓީރިއަލްސް ހަދާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ތައްޔާރު ކުރުމަށް ބޭނުންވާ ޕްރޮމޯޝަނަލް މެޓީރިއަލްސް ތިރީގައި އެވަނީއެވެ.
- ލެޕްޓޮޕް ސްލީވް – 2000
މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2022 މާރިޗު 17 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 10:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ހަތަރުވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތް ސާފުކުރެއްވުން އެދެމެވެ. އަދި 2022 މާރިޗު 24 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ހަތަރުވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
07 ޝަޢުބާން 1443
10 މާރިޗު 2022