ދިވެހިރާއްޖެ
(IUL)MMPRC-PRO/1/2022/26 :ނަންބަރު
އިޢުލާން
މި ކޯޕަރޭޝަނުން ފޯރުކޮށްދީފައިވާ މަޢުލޫމާތާއި އެއްގޮތަށް މެމްބަރޝިޕް ޕޯޓަލްއެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2022 މާރިޗު 17 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ދެވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި 2022 މާރިޗު 24 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ހަތަރުވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި އިޢުލާން އާއިއެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ.
07 ޝަޢުބާން 1443
10 މާރިޗު 2022