ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 01

ރޭންކް: ޖީ.އެސް.3

ކްލެސިފިކޭޝަން : އޮފިސަރ ގްރޭޑް 1

މުސާރަ : -/4465 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ތަނާއި ރަށް : ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ މާލެ (ރިސެޕްޝަންގައި)

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މި އިންސްޓިޓިއުޓުގެ ޔައުމިއްޔާ ލިޔުމަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް ކަމާބެހޭ ސެކްޝަންތަކުން ހޯދައި ޔައުމިއްޔާ ލިޔުމާބެހޭ ގޮތުން ރައީސުލްޖުމްހޫރިޔާ އޮފީހުން ހަމަޖައްސަވާފައިވާ ގަވާއިދާ އެއްގޮތަށް އެ އޮފީހުގެ ނަންބަރު 69/85 (9 އޮކްޓޫބަރު 1985)ގެ ދެންނެވުމުން އަންގަވާފައިވާ ގޮތަށް ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔެ ކޮންމެ ދުވަހެއްގެ ޔައުމިއްޔާ ޖެހިގެން އަންނަ ދުވަހުގެ 3:00ގެ ކުރިން އޮފީހުގެ އެޑްމިނިސްޓްރޭޝަން ޔުނިޓާއި ހަވާލުކުރުން ނުވަތަ އޮފީސް ހިންގަވަން އެވަގުތަކު ހުންނެވި ވެރިއެއްގެ އަރިއަހަށް ގެންދަވަާ ސޮއި ކުރުވުން.
  2. މަރުކަޒުގެ ރިސެޕްޝަން ބެލެހެއްޓުމާއި އަންނަ ފޯނު ކޯލުތަކަށް ޖަވާބު ދިނުމާއި ކޯލްތައް ޕާސްކުރަންޖެހޭ ފަރާތްތަކަށް ޕާސްކުރުން.
  3. މި މަރުކަޒަށް އެކިއެކި ކަންކަމުގައި އަންނަ މެހުމާނުންނަށް ދަތިނުވާނެ ގޮތަށް އެމީހުންނަށް އެހީތެރިވެވޭނެ ގޮތަށް މެހުމާނުންނަށް ކަންތައްތައް ހަމަޖެއްސެވުން.
  4. އޮފީހުން އެކި ފަރާތްތަކަށް ފޮނުވަން ތައްޔާރުކުރާ ލިޔުން، ރިޕޯޓު، ސިޓީ، ނޯޓް، މެސެޖް ފަދަ ތަކެތި ޓައިޕް ކުރުން.
  5. ޔައުމިއްޔާތައް ގަވާއިދުން ނަންބަރުޖަހާ އަހަރު ނިމުމުން ބައިންޑްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  6. ޑިޕާޓްމަންޓުން ފައިލް ކުރަންޖެހޭ ތަކެތި ފައިލް ކުރުމާއި ފައިލްތައް ބެލެހެއްޓުން.
  7. ރަސްމީ އަދި ނުރަސްމީ ގަޑީގައި އޮފީސް ހުޅުވައި ލެއްޕުން.
  8. އެންޓްރީކުރާ މުވައްޒަފު އޮފީހަށް ހާޒިރުނުވާނަމަ އެންޓްރީ ކުރުމުގެ މަސައްކަތް ކުރުން.

ޝަރުޠު

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑްރީ ސްކޫލު ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރު ކުރުމަށް ކުރާ އިންޓަވިއު އިން

 

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 01

ރޭންކް: ޖީ.އެސް.3

ކްލެސިފިކޭޝަން : އޮފިސަރ ގްރޭޑް 1

މުސާރަ : -/4465 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ވަޒީފާއޮތް އޮފީސް: ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ތަނާއި ރަށް : ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ މާލެ (ޑިޕާޓްމަންޓް އޮފް ކަރިކިޔުލަމް ޑިވެލޮޕްމަންޓް)

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

  1. ޑިޕާޓްމަންޓުން ރާވައި ހިންގާ ބައްދަލުވުން، ސެމިނަރ، ވާރކްޝޮޕް ދަތުރުފަދަ ކަންކަމުގައި އިދާރީގޮތުން ކުރަންޖެހޭ އިންތިޒާމްތައް ކުރުން.
  2. ޑިޕާޓްމަންޓަށް ހޯދަންޖެހޭ ރިސޯސް މެޓީރިއަލްތަކުގެ ލިސްޓުތައް އެއްކޮށް ހޯދުމުގެ މަސައްކަތް ކުރުން.
  3. ކަރިކިޔުލަމް ޑިޕާޓްމަންޓުގެ އަހަރީ ބަޖެޓާއި އަހަރީ ރިޕޯޓު ތައްޔާރު ކުރުން.
  4. ޑިޕާޓްމަންޓުން ހިންގާ ބޭރުގެ އެހީގެ ޕްރޮޖެކްޓުތަކުގެ މަސައްކަތް ކުރުން.
  5. ޖަވާބުދޭންޖެހޭ މެސެޖް، ސިޓީ، ނޯޓް ފަދަ ތަކެއްޗަށް ޖަވާބު ދިނުން. އެފަދަ ސިޓީތައް ވެރިންގެ އަރިހަށް ގެންދިއުން، އަދި އެކަންކަން ގަވާއިދުން ފޮލޯއަޕް ކުރުން.
  6. ޑިޕާޓްމަންޓުގެ ފައިލިންގ ސިސްޓަމް ހަރުދަނާ އުޞޫލެއްގެ މަތިން ފައިލްކޮށް ބަލަހައްޓައި ފައިލްގައިވާ އެއްޗެއް ހޯދުމުގައި ފަސޭހަ ރަނގަޅު ގޮތްތައް އިންތިޒާމް ކުރުން.
  7. ޑިޕާޓްމަންޓުން ތައްޔާރުކުރާ މުޤައްރަރާއި، ފޮތްފަދަ ތަކެތީގެ ސޮފްޓްކޮޕީ އާއި ހާޑުކޮޕީ ރައްކާކޮށް، އިންވެންޓްރީ ބެލެހެއްޓުން.
  8. ޑިޕާޓްމަންޓުގެ މަސައްކަތާ ގުޅޭ އިދާރީ ކަންތައްތައް ވެރިން އަންގަވާ ގޮތެއްގެ މަތިން ބެލެހެއްޓުން.
  9. ޑިޕާޓްމަންޓުގެ ވެރިޔާގެ އެޕޮއިންޓްމަންޓުތަކާއި ބައްދަލުވުމުގެ ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުން.
  10. ޑިޕާޓްމަންޓުގެ އެހެން އިދާރީ މުވައްޒަފުންގެ މަސައްކަތުގައި އެހީތެރިވެދިނުން.

ޝަރުތު

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑު ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް ކުރާ އިންޓަވިއު އިން

އިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އިންޓަވިއު ކުރުން.

މި މަޤާމުތަކަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ 14 ސެޕްޓެންބަރު 2014 އާއި 18 ސެޕްޓެންބަރު 2014 އާ ދެމެދުގެ ތާރީޚެއްގައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގައެވެ.

އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ޝަރުޠުހަމަވާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އިންސްޓިޓިއުޓްގެ ވެބްސައިޓް (www.nie.edu.mv) އިން އަދި މި އިންސްޓިޓިއުޓުގެ ކައުންޓަރުން ލިބިވަޑައިގަންވާނެއެވެ.

ށ- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓް ކޮށްފައިވާ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ނ- ވަޒީފާއެއް އަދާކުރައްވާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭ ލިޔުމެއް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއަކާއި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ނަންބަރާއެކު )

ބ- ދިވެހި ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލައްވާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ ޣާޒީބިލްޑިންގ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 09 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 14.00 ގެ ކުރިން.

ނޯޓް:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މަރުކަޒުގެ ނަންބަރު 3318852 ފޯނަށް ގުޅުއްވުން އެދެމެވެ. 

25 އޮގަސްޓް 2014
ހޯދާ