ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ވެހިކަލް ހެލްޕަރ

ވެހިކަލް ހެލްޕަރ
ހުޅުމާލެ އޮޕަރޭޝަންސް

ވަޒީފާއަދާކުރަންޖެހޭ ތަން: ހުޅުމާލެ
މަސައްކަތު ގަޑި: 08:00 – 15:30

ތައުލީމީ ފެންވަރާއި ތަޖުރިބާ:
އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއި އެކު މަސައްކަތްކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ހެވީ ވެހިކަލް އޮޕަރޭޓްކުރުމުގައި އަދި ހެވީ ވެހިކަލް ބޭނުންކޮށްގެން ކުރާ މަސައްކަތްތަކުގައި ޑްރައިވަރަށް އެހީތެރިކަން ފޯރުކޮށް ދިނުން.
- ވެހިކަލް ދުއްވުމުގައި ކައިރީގައި ހަރަކާތްތެރިވާ މީހުންނާއި އުޅަދުނގެ ޑުރައިވަރާއި އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޑްރައިވަރަށް ދޭން ޖެހޭ އެންމެހާ އެހީތެރިކަން ދިނުން.
- ވެހިކަލް ލޮގް ފުރުމާއި އުޅަނދު ދަތުރު ފެށުމުގެ ކުރިން ބަލަން ޖެހޭ އެންމެހާ ކަންކަން ބެލުން.
- ވެހިކަލްތައް ދޮވެ ސާފުކޮށް ބެލެހެއްޓުން.
- މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭގޮތުން ޑިޕާރޓްމަންޓުގެ އިސްވެރިޔާ ނުވަތަ ސުޕަވައިޒަރ ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
- ސަލާމަތީ ކަންތައްތައް ދަންނަމީހެއްކަމުގައިވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.
- މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
- 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން

މުސާރަ: 10،500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

ބޭނުންވާ ލިޔެކިޔުންތައް:
- އައިޑީ ކާޑު ކޮޕީ ނުވަތަ ލައިސަންސް ކާޑު ކޮޕީ
- އަސްލާއި އެއްގޮތްކަމަށް ތަށްގަނޑު ޖަހާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
- ޕޮލިސް ރިޕޯޓް

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 17 މާރިޗު 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
ޕޯޓަލް ލިންކު:https://jobs.hdc.com.mv 

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.

 

 

10 މާރިޗު 2022
ހޯދާ