މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގެ ސްޓްރަޓީޖިކް ޑިވެލޮޕްމަންޓް ޕްލޭނެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން މިމިނިސްޓްރީން ކުރިއަށްގެންދާ [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް] އަކީ ދަނޑުވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް 5 އަހަރުދުވަހުގެ މުއްދަތަށް ހިންގޭ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓަށް ބޭނުންވާ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގެ ސްޓްރަޓީޖިކް ޑިވެލޮޕްމަންޓް ޕްލޭނެއް ތައްޔާރުކުރަން ޝައުގުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ އިފާޑްގެ 'ޕްރޮޖެކްޓް ޕްރޮކިއުމަންޓް ހޭންޑްބުކް' ގެ 'އިންޑިވިޖުއަލް ކޮންސަލްޓަންޓް ސެލެކްޝަން' ގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. އިފާޑްގެ 'ޕްރޮޖެކްޓް ޕްރޮކިއުމަންޓް ހޭންޑްބުކް' އިފާޑްގެ ވެބްސައިޓް www.ifad.org/project-procurement އިން ލިބޭނެއެވެ.

މި މސައްކަތަށް ޝޯޓުލިސްޓް ކުރާނެގޮތް ތިރީގައި އެވަނީއެވެ.

ކްރައިޓީރިއާ

ބްރަދަން (%)

ތަޢުލީމީ ފެންވަރު

20

އެގްރިކަލްޗަރ، އިކޮނޮމިކްސް، މާކެޓިންގ، ޕްރޮމޯޝަން އޮފް ޕްރޮޑަކްޓްސް އަދި ބްރޭންޑިންގ ނުވަތަ އެގްރިކަލްޗަރ ރިސާޗްއަށް ފޯކަސްކުރާ ގުޅޭދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވުން

 

އަންމު ތަޖުރިބާ

20

މަދުވެގެން 10 އަހަރުގެ އެގްރިކަލްޗަރ ރިސާރޗާއި ގުޅުންހުރި އިންޓަރނޭޝަނަލް ބިޒްނަސް ޑިވެލޮޕްމަންޓް އަދި ރިސްޓްރަކްޗަރިންގެ ތަޖުރިބާ

 

ދާއިރާގެ ތަޖްރިބާ

20

ތައްޔާރު ކޮށްފައިވާ ސްޓްރަޓެޖީސް ތަކުގެ އަދަދު

10

ތައްޔާރު ކޮށްފައިވާ އެގްރިބިޒްނަސް ސްޓްރަޓެޖީސް ތަކުގެ އަދަދު

10

އިންޓަރވިއު

40

 

މި 'ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތާއި' ގުޅިގެން މަޢުލޫމާތު ސާފްކުރެއްވުމަށް ތިރީގައިވާ އީމެއިލްއަށް 17 މާރިޗް 2022 ވަނަދުވަހުގެ 10:00ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ. އަދި މިހާ ހިސާބަށް ލިބޭ ސުވާލުތަކުގެ ޖަވާބު 20 މާރިޗް 2022 ވަނަދުވަހުގެ 15:00ގެ ކުރިން ފޮނުވޭނެއެވެ.

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅަންވާނީ ސީވީ އެއްގޮތައް 27 މާރިޗް 2022 ވަނަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށެވެ.

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް

ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

5 ވަނަ ފަންގިފިލާ، މ.ހަޒާރުމާގ، ފަރީދީމަގު

މާލެ، ދިވެހިރާއްޖެ

ފޯން: +960 3033410

އީމެއިލް: [email protected]

09 މާރިޗު 2022
ހޯދާ