ދިވެހިރާއްޖެ
ދިވެހި ސަރުކާރުން އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް] އަކީ ދަނޑުވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް 5 އަހަރުދުވަހުގެ މުއްދަތަށް ހިންގޭ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓްގެ ވެބްސައިޓް ހަދައިދޭން ޝައުގުވެރިވެލައްވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ކޮންސަލްޓަންސީ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ދާއިރާއާއި ގުޅޭގޮތުން ލިބިފައިވާ ތަޖުރިބާއާއި، ތަޢުލީމީ ފެންވަރާއި އަދި އެހެނިހެން މުހިންމު މައުލޫމާތު އަންގައިދިނުމުގެ ގޮތުން މި ދަޢުވަތާއި އެކީގައިވާ "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް"ގެ ނަމޫނާ ފުރިހަމަކުރުމަށްފަހު މިމިނިސްޓްރީއަށް ހުށަހެޅުމަށް ދަންނަވަމެވެ.
މިވަޒީފާތަކަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
މި މަޤާމަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައިވާނެއެވެ.
މި މސައްކަތަށް ޝޯޓުލިސްޓް ކުރާނެގޮތް މި ދަޢުވަތާއި އެކީގައިވާ "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ގެ އެނެކްސް 2 ގައި ވާނެއެވެ.
ނޯޓް: މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ އިފާޑްގެ 'ޕްރޮޖެކްޓް ޕްރޮކިއުމަންޓް ހޭންޑްބުކް' ގެ 'ލީސްޓް ކޮސްޓް ސެލެކްޝަން' ގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. އިފާޑްގެ 'ޕްރޮޖެކްޓް ޕްރޮކިއުމަންޓް ހޭންޑްބުކް' އިފާޑްގެ ވެބްސައިޓް www.ifad.org/project-procurement އިން ލިބޭނެއެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފްކުރެއްވުމަށް ތިރީގައިވާ އީމެއިލްއަށް 15 މާރިޗް 2022 ވަނަދުވަހުގެ 10:00ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ. އަދި މިހާ ހިސާބަށް ލިބޭ ސުވާލުތަކުގެ ޖަވާބު 16 މާރިޗް 2022 ވަނަދުވަހުގެ 15:00ގެ ކުރިން ފޮނުވޭނެއެވެ.
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅަންވާނީ މިކަމަށް ހާއްސަކުރެވިފައިވާ ފޯމްތައް ބޭނުންކޮށްގެންނެވެ. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅަންވާނީ 23 މާރިޗް 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ.
ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް
ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
5 ވަނަ ފަންގިފިލާ، މ.ހަޒާރުމާގ، ފަރީދީމަގު
މާލެ، ދިވެހިރާއްޖެ
ފޯން: 3033410
އީމެއިލް: [email protected]