ދިވެހިރާއްޖެ
ރާއްޖޭގައި އިމާރާތްކުރުމާއި އުމްރާނީ ތަރައްޤީގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކޮންސަލްޓެންސީ ދޭ އޯގަނައިޒޭޝަންސް/ފާރމްސް ނުވަތަ އަމިއްލަ ފަރުދުން ރަޖިސްޓާރކޮށް ދަފުތަރެއް ބޭއްވުމަށް ބޭނުންވެއެވެ. އެހެންކަމުން އިމާރާތްކުރުމާއި އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ފަރުމާކުރުމާއި ލަފާދިނުމުގެ މަސައްކަތްކުރައްވާ ކުންފުނިތައް ނުވަތަ އަމިއްލައަށް މި މަސައްކަތުގައި ހަރަކާތްތެރިވެލައްވާ ފަރާތްތަކުން މި އިޢުލާނު ގެޒެޓްކުރާ ދުވަހުން ފެށިގެން ސަރުކާރުގެ ކޮންސަލްޓަންސީ މަސައްކަތްތަކުގައި ކުރިމަތިލެވޭނީ މި މިނިސްޓްރީގެ ކޮންސަލްޓަންޓްސް ގައިޑްލައިންގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކޮންސަލްޓަންސީ ފާރމް ނުވަތަ ފަރާތްތަކަށެވެ.
މި ގައިޑްލައިން އާއި ކޮންސަލްޓަންސީ ފާރމް ނުވަތަ ފަރާތްތައް ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާ ފޯމު މިމިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv އިން 1 ސެޕްޓެންބަރު 2014 އިން ފެށިގެން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. އަދި މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދަވަން އެދޭނަމަ 3004195/ 3004307 ނަންބަރުން މަޢުލޫމާތު ލިބޭނޭ ވާހަކަ ދަންނަވަމެވެ.
2 ޛުލްޤަޢިދާ 1435 ހ.