ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

އިޢުލާން

ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

       މަސްމާރުކޭޓް ޢިމާރާތަށް ކަރަންޓު އަދި ފެން ހޮޅި އެޅުމަށް، ކަނޑައެޅިފައިވާ މަގުގައި ހުރި (ފެންސީ ކިޔާގޯތީގެ އުތުރުން ރުއްގަނޑު ތެރެއިން،ހޮޅުއަށީގެ ހުޅަނގުން) ނޫކުލައިގެ ދަވާދުން ނަންބަރު ޖަހާފައިވާ  ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.

       ވީމާ، މިރުއްގަހުގެ ވެރިފަރާތްތަކުން، މި އިދާރާއިން ޖަހާފައިވާ ނަންބަރާއި، ވެރިފަރާތުގެ ނަމާއި އެޑްރެސް އަދި ރުކުގެ މޮޅު/ ދެރަ ބަޔާންކުރައްވާ، 2022 މާރިޗު 17 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ލިޔުމަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި މުއްދަތުގެ ކުރިން ހުށަނާޅުއްވާ ރުއްގަސް އެއީ ރައްޔިތު ރުއްގަހުގެ ގޮތުގައި ބަލާ ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.

       މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 މާރިޗު 2022
ހޯދާ